English Edition
Dhivehi Edition

ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންނާއި އައިސޮލޭޝަން ގައި ތިބޭ މީހުން ވޯޓް ލާނީ ކޮވިޑް-19 އަށް ފައްސިވެފައި ނުވާ މީހުން ވޯޓް ލައި ނިމުނީމަ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މުޖްތަމައުގައި ކޮވިޑް-19 ގެ ހާލަތާއި އެކު ވޯޓުލުން ކުރިއަށް ގެންދާއިރު ގިނަ ބައެއްގެ މަސްލަހަތާއި ރައްކާތެރިކަމަށް އިސްކަން ދެއްވާނެ ކަމަށާއި ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންނާއި އައިސޮލޭޝަންގައި ތިބޭ މީހުން ވޯޓް ލާން މަރުކަޒަށް ވަދެވޭނީ އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ ޓާސްކް ފޯސްގެ ބެލުމުގެ ދަށުން ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އާންމުކޮށް ވޯޓުލާން ކޮމިޝަނުން ހުޅުވާލައިފައިވާ ގަޑި އަކީ ހެދުނު ހަތަކުން ހަވީރު ފަހަކަށެވެ. ނަމަވެސް މިހާލަތުަގައި ހަވީރު ފަހަކުން ހަޔަކަށް ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންނާއި އައިސޮލޭޝަން ގައި ތިބޭ މީހުންނަށް ހާއްސަ ގަޑިއެއް ކަނޑައަޅައި ވޯޓުލާން ފުރުސަތު ދެވޭނެއެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންނާއި އައިސޮލޭޝަން ގައި ތިބޭ މީހުން ވޯޓްލާއިރު އެބޭފުޅުންނަށް އެހީތެރިއެއް ބޭނުންވާނެ ކަމަށެވެ. ސަބަބަކީ ވޯޓް ގުނަން ތިބޭ އިލެކްޝަން ކޮމިޝަން އޮފިޝަލުން ރައްކާތެރިކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވިގޮތުގައި ވޯޓުލުމަށް ރަށްތަކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ހުއްދަ ދެވިގެންދާނެ ކަމަށެވެ. ނަމަވެސް ރަށްތަކަށް ދަތުރުކުރައްވާ ފަރާތްތަކުން ކަރަންޓީނުގެ މުއްދަތު ހަމަ ކުރައްވަންޖެހޭނެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބާއި އަންހެނުން ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ހޮވުމަށް ބޭއްވޭ ވޯޓުލުން ބާއްވަން ހަމަޖެހިފައިވަނީ 10 އޭޕްރިލް 2021 ގައެވެ. މި އިންތިހާބުގައި ދެލައްކަ ހަތްދިހަ ތިންހާސް އެއްސަތޭކަ އަށާވިސް މީހުންނަށް ވޯޓް ލުމުގެ ހައްޤު ލިބިގެންވެއެވެ.