English Edition
Dhivehi Edition

ސެންސިޓައިޒޭޝަން އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޕްރޮގްރާމް ގއ. ވިލިނގިލީގައި ފަށައިފިއެވެ.

މި ޕްރޮގްރާމަކީ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެންސް އާއި، ޔުނިސެފް މޯލްޑިވްސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގާއި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ޙަރަކާތެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ފުލުހުންނަށް ޚާއްސަކޮށްގެން ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ކުޑަކުދިންގެ ހައްޤު ތަކުގެ ޤާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ޖީނާއި އިޖުރާޢަތުގެ ގާނޫނާ ގުޅޭގޮތުން މަޢުލޫމާތު ދޭނެއެވެ. އަދި އަނިޔާ ލިބޭ ކުދިން ހިމެނޭ މައްސަލަތަކާއި ކުށްކުރާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި ކުށުގެ ވެށީގައި މަސައްކަތްކުރާއިރު އަމަލުކުރަންޖެހޭ އުސޫލުތަކާއި ގުޅޭގޮތުންވެސް މަޢުލޫމާތު ދިނުމަށްހަމަޖެހިފައިވެއެވެ.

އަދި ހަމައެއާއެކު މަސައްކަތުގެ މާހައުލުގައި ދިމާވާ ހިތް ނުތަނަވަސް ވުންތަކުން އަރައިގަންނާނެ ގޮތްތަކާއި ދާއިރާ ގައި މަސައްކަތްކުރާއިރު ގެންގުޅެންޖެހޭ އުސޫލުތަކާއި، ދިމާވާ އުދަގޫ ކަންތައްތަށް ހައްލުކުރުމަށް ޢަމަލުކުރެވިދާނެ ގޮތްތައް އިތުރަށް ކިޔައިދޭނެއެވެ.

މިއީ ފުލުހުންނަކީ ދާއިރާއާއި ގުޅުންހުރި ޤާނޫނު ތަކާއި ޤާވާއިދުތަކަށް އަހުލުވެރި ބަޔަކަށް ހެދުމަށް ކުރިއަށް ގެންދާ ސިލްސިލާގެ ދަށުން ގއ އަތޮޅު ގައި ކުރިއަށް ގެންދާ އަށް ވަނަ ޕްރޮގްރާމެވެ.