English Edition
Dhivehi Edition

ރާއްޖޭގެ ތަރައްޤީއަށް މިހާރު ކުރިއަށްދާ ގިނަ މަޝްރޫޢުތަކަކީ ބޭރުގެ އެހީއަށް ބަރޯސާނުވެ، ރާއްޖޭގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ކުޅިވަރު ފިއެސްޓާ އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިން ރާއްޖޭގެ ތަރައްގީއަށްކުރާ ހޭދަތަކަކީ ބޭރުގެ އެހީއަށް ބަރޯސާވެގެން ހިންގާ މަޝްރޫޢުތަކެއް ކަމެވެ. މިހާރުވެސް ރާއްޖެއިން ބޭރުން އެހީ ލިބޭކަމަށާއި، ބޭރުގެ އެހީގައި މިހާރު ހިންގަނީ ހަމައެކަނި ބްރިޖް މަޝްރޫޢުފަދަ ބިޔަ މަޝްރޫޢުތައް އެކަނިކަން ރައީސް ފާހަގަކުރެއްވިއެވެ. މިއާއެކު ރާއްޖޭގެ ސިއްޙީ ދާއިރާއާއި ތަޢުލީމާއި އެނޫންވެސް ދާއިރާތަކާއި ކުޅިވަރާއި ޒުވާނުންގެ ތަރައްޤީއަށް ބޮޑު ހޭދައެއްކުރީ ދައުލަތުގެ ބަޖެޓުންކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީއާއި އިޤްތިޞާދަށް އެންމެ މުހިންމު އެއް މަޝްރޫޢަކީ ރާއްޖޭގެ ބައިނަލްއަޤްވާމީ މައި އެއަރޕޯޓް ތަރައްޤީކުރުންކަމަށާއި، އެއްހާސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއަރޕޯޓްގެ ތަރައޤީއަށް ހޭދަކުރުމަށްޓަކައި، އެއަރޕޯޓްކީ ދިވެހިންގެ ތަނަކަށް ހެދުމަށް ތިންސަތޭކަ މިލިއަން ޑޮލަރު ސަރުކާރުގެ ބަޖެޓުން ޚަރަދުކުރަންޖެހުނުކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން އިންތިޒާމްކޮށްގެން، ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު އެންމެ ބޮޑު ކުޅިވަރު ފެސްޓިވަލް ފައްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުޅިވަރުގެ މި ފިއެސްޓާއިން ހުޅުވިގެން ދަނީ ސިޔާސީ ޕާޓީތަކުގެ އައު ޞަފްހާއެއްކަމަށެވެ. ސިޔާސީ ޕާޓީތަކަކީ ހަމައެކަނި ސިޔާސީ ޙަރަކާތްތައް ހިންގަން ތިބި ބައެއް ނޫންކަމަށެވެ. އެގޮތުން ޤައުމު ބިނާކުރުމާއި ޒުވާނުންގެ ހުނަރު އިތުރުކުރުމަށް ޕީޕީއެމުން ބާއްވާ ކުޅިވަރު ހަރަކާތަކީ ސިޔާސީ ޕާޓިއަކުން ބާއްވާ އެންމެ ތަފާތު ހަރަކާތްތަކަމަށް ރައީސް ވިދާޅުވިއެވެ.

ޒުވާނުންނަކީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލުކަން ފާހަގަކުރައްވާ ރައީސްވަނީ އެމަނިކުފާނުގެ މެނިފެސްޓޯގެ މައިގަނޑު އަސާސްކަމަށްވާ ، ޒުވާނުންނާއި، އިޤްތިޞާދު އަދި ސެކިއުރިޓީ ނުވަތަ ރައްޔިތުންގެ ރައްކަތެރިކަން ކަށަވަރުކުރުމަށް ކުރެއްވި މަސައްކަތުގެ ކާމިޔާބީއަށް ތަފްސީލްކޮށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ވިދާޅުވީ، ކުޅިވަރުގެ ހަރަކާތުގެ ތެރެއިން ގިނަ މެސެޖުތަކެއް ޒުވާނުންނަށް ލިބިގެންދާނެކަމަށެވެ. ޚާއްޞަކޮށް ޒުވާނުންނާއި ކުޅިވަރުގެ ވަޞީލަތްތައް ތަރައްޤީކުރުމަށް އަތޮޅުތަކުގައި ކޮށްފައިވާ ހޭދަ ފެނިގެންދާނެކަމަށެވެ.