English Edition
Dhivehi Edition
ހިތަދޫ ބަނދަރު އެމްޓީސީސީއާ ޙަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ އެމްޓިސީސީ

އައްޑޫ ސިޓީ ހިތަދޫ ބަނދަރު ސަރަޙައްދު ތަރައްގީކުރުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ޒީނިއާ އަހުމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސީއީއޯ އާދަމް އާޒިމް އެވެ.

ޑިޒައިން އެންޑް ބިޑް އުސޫލުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން 234،297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ޑްރެޖިން އާއި އެކްސްކެވޭޝަން މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އޭގެއިތުރުން 800 މީޓަރުގެ ސޭންޑް ބްރޭކްވޯޓާ އާއި 284 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތުގެ އިތުރުން 57 މޫރިން ރިންގްސް އާއި 14 ބަނދަރު ބައްތިއާއި 1،420 ސްކުއެއާ މީޓަރުގެ ޕޭވްމެންޓެއް ހަދައި ޑްރެއިން ގާއިމް ކުރުމާއި 2 ނެރުބައްތި ޖެހުމާއި 3.5 މީޓަރ ހުންނަވަރަށް ބަނދަރު ތެރެ ފުންކުރުމާއި 4 މީޓަރ ހުންނަ ވަރަށް ނެރުތެރެ ފުންކުރުން މަސައްކަތްވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށް ދާނެއެވެ.

މިއީ 52.4 މިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއު ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެވެ.