English Edition
Dhivehi Edition
ސިނަމާލެ ބްރިޖް ސަރަޙައްދު/ފޮޓޯ އިންޓަނެޓް

މާލެ ސަރަޙާއްދުގައި އިޢުލާން ކޮށްފައިވާ ކާފިއު އުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން މިއަދު އާންމު ކުރި އިއުލާނުގައި ވަނީ، މާލެ ސަރަހައްދުގައިރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރި ކުރުން ބާތިލު ކުރުމުގެ އިތުރުންވެސް ގިނަ ލުއި ތަކެއް ދީފައެވެ

އެގޮތުން އެޗްޕީއޭއިން ކަނޑައާޅާފައިވާ ގައިޑުލައިނުތަކާއި އެއްގޮތަށް ކާބޯތަކެތީގެ ޚިދުމަތްދޭ ކެފޭ ރެސްޓޯރެންޓް ފަދަތަންތަން ކަނޑައެޅޭ ވަކި ގޮތެއްގެ މަތިން ހުޅުވުމާއި، ދުވުމަށް ހާއްސަކޮށްފައިވާ ޓްރެކްތައް ހުޅުވާލުމާއި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.

މިއީ މިދިޔަ މާރޗްމަހުގެ 12ގައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ދީފައިވާ ލުއިތަކެއް ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބަދަލުތައް ގެނައުމަށް ނިންމި ނަމަވެސް، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.