English Edition
Dhivehi Edition

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގި ހިޔާނާތާއި ގުޅޭ އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައަކީ އޭނާ މިނިސްޓަރުގެ މަގާމަށް ވަޑައިގަތުމުގެ ކުރީގެ ކަަމަކަށް ވާތީ އެކަމާއި ގުޅޭ ތަފްސީލްތައް އެނގޭ ގޮތަށް މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލައާއި ގުޅިގެން އެއްވެސް ކަމެއް ފޯރުވަން މަސައްކަތް ނުކުރާކަމަށާއި ތަހުގީގީ އިދާރާއަކުން އެކަމަށް ބޭނުންވާ މައުލޫމާތު ހޯދަން އެދިއްޖެ ނަމަ، އެ މައުލޫމާތެއް ދެއްވާނެކަމަށް ނަސީމް ވިދާޅުވިއެވެ.

ވެންޓިލޭޓަރުގެ ވައްކަމުގެ މައްސަލައިގައި އެމްޑީޕީ މަޖިލީސް މެމްބަރުންނާއި އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު މަޖިލީހުގެ ރައީސް ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ފެންނަކަމަށް ވެސް ވިދާޅުވެފައެވެ.