English Edition
Dhivehi Edition

ސިންގަޕޯރ އެއަރލައިންސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

ކޯވިޑް-19އާ ގުޅިގެން ސިންގަޕޯރ އެއަރލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓިފައި އޮތުމަށްފަހު އަލުން ދަތުރުތައް ފަށާފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ،

ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް، 3 ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ބުނެއެވެ

ސިންގަޕޯރ އެއަރަލައިންސްއިން ރާއްޖެ ފުރަތަމަ ދަތުރު ފަށާފައި ވަނީ 1984 ވަނަ އަހަރުއެވެ. ސިންގަޕޯރ އެއަރލައިންސްގެ އިތުރުން، ސިންގަޕޯރގެ އެއަރލައިންގެ ދަށުން އޮޕަރޭޓްކުރާ ސިލްކް އެއަރ އަދި ފްލައިސްކޫޓުންވެސް ރާއްޖެއަށް ދަތުރުތައް ބާއްވައެވެ.

ސިންގަޕޯރ އެއަރލައިންތަކުގެ ދަތުރުތައް ރާއްޖެއަށް ފެށުމާއެކު، ރާއްޖެއަށް އޮޕަރޭޓްކުރާ އެއަރލައިންތަކުގެ އަދަދު މިވަނީ 30 އަށް އަރާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މީގެތެރެއިން 23 އެއަރލައިންއަކީ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ބާއްވާ އެއަރލައިންތަކެވެ. އަދި ބާކީ 7 އެއަރލައިންއަކީ ޗާޓަރު ދަތުރުތައް ރާއްޖެއަށް ބާއްވާ އެއަރލައިންތަކެވެ.