English Edition
Dhivehi Edition

މާރިޗް 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމް.ޑީ.ޕީ ގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ގދ. އަތޮޅު ކައުންސިލް ރައީސްގެ ގޮނޑިއަށް ކުރިމަތިލާފައިވާ މުހައްމަދު ހަސަން (ކެޔޮޅު) އަށް ވޯޓު ދެއްވުމަށްވުރެ ބުއްދިވެރިކަމެއް ނެތްކަމަށް ބުނެ ޓުވީޓް ކޮށްފައެވެ.

“ހުވަދޫ އެންމެންގެ ވޯޓް އަތޮޅު ކައުންސިލް ރައީސްކަމަށް އެމް.ޑީ.ޕީ އިން ވާދަކުރައްވާ ކެޔޮޅު މުޙައްމަދަށް ދެއްވުމަށްވުރެ ބުއްދިވެރިކަމެއް ނެތްކަމަށް އަޅުގަނޑަށް ފެންނަނީ. އެމް.ޑީ.ޕީ އަކީ ހުވަދޫ އެދޭ މިންވަރަށް ވެރިކަން އުފެއްދި ޕާޓީ. އެންމެންގެ ވޯޓް ތިލަފަތަށް” މުހައްމަދު ނަޝީދު

އިންތިހާބު ދުވަސްވަރާއި ދިމާކޮށް ވެރިކަންކުރާ ޕާޓީގެ ލީޑަރުންނާއި ސަރުކާރުގެ އެކިއެކި މިނިސްޓަރުން ވެސް އެކި ގޮތްގޮތަށް އެމް.ޑީ.ޕީ ގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ދަނީ ޕޯސްޓްތައް އާއްމު ކުރަމުންނެވެ. އެހެންނަމަވެސް، ނަޝީދުގެ މިފަދަ ޕޯސްޓްއަކުން ހުވަދުއަތޮޅުގެ ރައްޔިތުންނަށް ކުރާނެ އަސަރު ބޮޑު ވާނެއެވެ. ސަރުކާރުގެ ދެން ތިބި މިނިސްޓަރުންނަށް ނުކުރާ އިތުބާރެއް ނަޝީދަށް ކުރާނެ އެތައް ރައްޔިތުންނެއް ހުވަދުއަތޮޅުގައި ތިބޭނެކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާއި ހަވާލުވެގެން، ޕަބްލިކް ވާރކްސްގެ ރީޖަނަލް މެނޭޖަރެއްގެ ގޮތުގައި ސަރުކާރުގެ މަޤާމަކާއި އެންމެ ފުރަތަމަ ކެޔޮޅު ހަވާލުވި ފަހުންވެސް ކެޔޮޅު ވަނީ އޭނާގެ ހުރި ތަފާތު ދައްކާފައެވެ. ގދ. ތިނަދޫގެ އިތުރުން އެ އަތޮޅުގެ އެހެނިހެން ރަށްރަށަށްވެސް އުޖާލާ ފަތިހެއް ދެއްކުމުގެ މަސައްކަތް އިންތިހާބުގެ މާކުރިން ފައްޓަވާފައެވެ.

މިހާރު ޕްލޭނިންގ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރެއްގެ ގޮތިގައި ސިޔާސީ މަގާމެއްގައި މަސައްކަތްކުރައްވަމުން ވެސް ޕަބްލިކް ވާރކްސްގެ ވެހިކަލްތަކާއި މުވައްޒަފުންގެ އެހީތެރިކަމާއެކު ހުވަދުއަތޮޅުގެ ރަށްރަށުގެ މަގުތަކާއި ހުސް ބިންތައް އެންމެ އެދެވޭގޮތުގައި ގުދުރަތީ ރީތި ސިފައެއްގައި ބޭއްވުމަށް ކެޔޮޅު ވަނީ އެތައް މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

ހުވަދުއަތޮޅުގެ އެންމެހާ ރައްޔިތުން އެންމެ ބޮޑު ސަމާލުކަމެއް ދެމުން އަންނަ އެއް ތަނެއްގެ ގޮތުގައި ފާހަގަވެފައި އޮންނަ ގދ. ކާޑެއްދޫ އެއަރޕޯރޓް އާރޯ ކުރުމުގެ މަސައްކަތް އެތައް ފަހަރެއްގެ މަތިން ކެޔޮޅު އިސްކޮށް ހުންނަވައިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ތެދެކެވެ. ކެޔޮޅަކީ އެންމެ ކުރީއްސުރެވެސް ނަޝީދު އާއި ގާތް ގުޅުމެއް ބާއްވާ މީހެކެވެ. މަސްވެރިއެއްގެ ގޮތުގައި ހުރެ މަސްވެރިންގެ އަޑު ސަރުކާރާއި ހަމައަށް ފޯރުކޮށްދިނުމުގައި ހުވަދުއަތޮޅުން އެންމެ އިސް ސަފުގައި ހުންނަ މީހަކީ ކެޔޮޅެވެ. އެމް.ޑީ.ޕީ ސަރުކާރުގައި ވެސް ޕި.ޕީ.އެމް ގެ ސަރުކާރުގައި ވެސް މަސްވެރިކަމާއި ބެހޭ މަޝްރޫއެއް އެ އަތޮޅުގައި ފެއްޓޭއިރު އެތަނެއްގައި ކެޔޮޅު ނުހުރެއް ނުދެއެވެ. އެ މަޝްރޫއެއްގެ ހުރި ރަނގަޅު ކަމެއްގެ ވާހަކަ ދައްކައި ސަރުކާރަށް ތައުރީފްކޮށް، އެ މަޝްރޫއެއްގައި އިތުރަށް ފުރިހަމަކުރުމަށް ހުންނަން ފެންނަކަމަށް މަސްވެރިން ދެކޭގޮތް ހާމަކޮށްދޭން ކެޔޮޅު ހުރެއެވެ.

އިދިކޮޅު ކެންޑިޑޭޓަށް މިއަދު އިންތިހާބާއި ދިމާކޮށް އެ އަތޮޅުގެ މަސްވެރިންނާއި އޮޑިވެރިން ފެނުނަސް، ކެޔޮޅަށް “ކެޔޮޅު” ކިޔަނީ ވެސް އެފަރާތްތަކަށްޓަކާ ކެޔޮޅު ކޮށްދެއްވި ބުރަ މަސައްކަތުންނެވެ. ތަރައްޤީއަކީ ރައްޔިތުންގެ އިހުސާސްތައް ދަންނަ މީހަކަށް ގެނެވޭނެ އެއްޗެއްތާއެވެ.

މަލްޓިޕާޓީ ޑިމޮކްރަސީއެއް ރާއްޖެއަށް އައި ފަހުން ބޭއްވުނު ހުރިހާ އިންތިހާބެއްގައި ވެސް އެމް.ޑީ.ޕީ ލީޑް ކުރަމުން އަންނަ ހުވަދުއަތޮޅުގެ ކައުންސިލް ރައީސްކަމަށް އެންމެ ޤާބިލު ކެންޑިޑޭޓެއް ހޮވައި މި އިންތިހާބުގައިވެސް ހުވަދޫ ރައްޔިތުން ނަމޫނާ ދައްކާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

4 ކޮމެންޓް
ކަމަކު
އޭޕްރީލް 27, 2021
މިކަހަލެ މުޅެ ޢެތި ލިޔަންނަން ހަދައިގެން ކެޔޮޅަ ބަލިވޫ.. އެމްޑީޕީ ހަމަ ބަލިވޫ.. ޔަގީނޭގެ ދާ!!
kinboo
އޭޕްރީލް 2, 2021
.mi khabarun lolhun hoadhan ulhe ulhe unsurah veevaruves nuvi.
Faihath
މާޗް 30, 2021
Keyolhalakee abadhuves thinadhoirayyithunah faidhaa kirivanivi massaikatha kurn anna namooma beyfulheh.alhugafuge vote keyolhah.❤
thinadhoo muskulhi eh
މާޗް 30, 2021
dharifulhu vess dhaanee bappa gothasheve ei madavelley bokanaa ey bune fethunu odieh ga thibi bayaku salaamai kran nudhiya meehaa ge vaahaka eve