English Edition
Dhivehi Edition

ޕާކިސްތާނުގެ ރައީސް ޑރ. ޢާރިފު ޢަލްވީއަށް ކޮވިޑް ޖެހިއްޖެއެވެ

.ޕާކިސްތާނުގެ ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް-19ގެ ވެކްސިނުގެ ފުރަތަމަ ޑޯޒު އޭނާ ޖެއްސެވިކަމަށާއި މިއީ ދެވަނަ ޑޯޒު ޖައްސަވަން އޮތް ހަފުތާކަމަށެވެ. އޭނާވަނީ ކޯވިޑް-19 ޖެހިފައިވާ އެންމެންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރައްވައި އެންމެންވެސް ބަލިން ސަލާމަތްވުމަށް މަސައްކަތްކުރުމުގައި ފަރުވާ ބެހެއްޓުމަށް އިލްތިމާސްކުރައްވައިފައެވެ.

ޕާކިސްތާނުގެ ރައީސް ޢާރިފް ޢަލްވީ، ކޮވިޑް-19އަށް ޕޮޒިޓިވް ވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާފައި ވެއެވެ.

ދުނިޔޭގެ ގިނަ ޢަދަދެއްގެ އިސްވެރިންނަށް މީގެ ކުރިންވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންއާއި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮންއާއި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާއި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕު ހިމެނިވަޑައިގަންނަވައެވެ.