English Edition
Dhivehi Edition

މުޅިދުނިޔެއަށް ދިމާފެވައިވާ ކޮވިޑް19 ބަލީގެ ހާލަތުން އަދިވެސް ބޮޑެތި ގައުމުތަކުންވެސް އަރައިި ނުގަނެވެއެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި މުމްބާއީގެ މަހާރާޝްޓްރަ ސްޓޭޓްގައި މިބަލި ކޮންޓްރޯލް ނުވެގެން މިހާރު ވަނީ ކާފިއު އިއުލާންކޮށްފައެވެ.

އެ ސިޓީގެ ކާފިއުގަޑިއަކީ ރޭގަނޑު 8އިން ހެނދުނު 7 ޖަހަންދެން އެވެ. ކާފިއުގަޑީގައި އަޅާފައިވާ އިތުރު ފިޔަވަޅު ތަކުގެތެރޭގައި ކޮންމެހެން މަޖުބޫރު ކަމެއްގައި ނޫނީ އެއްވެ އުޅުމާއި ރެސްޓޯރެންޓް އަދި ނައިޓް ކްލަބްތައް ބަންދުކުރުން ހިމެނެއެވެ. ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅާއި އެއްގޮތަށް ފިހާރަތަކުން ޑެލިވެރީގެ ހިދުމަތާއި ރެސްޓޯރެންޓް ތަކުން ކާތަކެތި ޑެލިވެރީ ކުރުމުގެ ހުއްދަވަނީ ދީފައެވެ.

ކާފިއުގަޑި ވަރުގަދަކޮށް އެސްޓޭޓުގެ އޮފިޝަލަކު ވިދާޅުވީ ކާފިއު އާޚިލާފު ވާ މީހުން 1000ރުޕީސް އިން ޖޫރީމައިނާ ކުރަންވެސް ނިންމާފައިވާ ކަމަށެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުން މިދިޔަ އާދީއްތަ ދުވަހު އެކަނިވެސް އެގައުމުގެ މަހާރާޝްޓްރަ ސްޓޭޓުން 40،414 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ މާރޗް މަހުގެ ފަހުން އެގައުމުގެ ސްޓޭޓަކުން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މަހާރާޝްތުރަ ސްޓޭޓްގެ އޮފިޝަލަކު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުން އެކަށީގެންވާ ކަމަށެވެ. އަދި ކޮވިޑްގެ ކޭސްތައް ކޮންޓްރޯލުން ނުކުރެވިއްޖެ ނަމަ އެސްޓޭޓް ލޮކްޑައުން ކުރުން އެކަށީގެންވާ ކަމަށެވެ. މީގެ އިތުރުން އޮފިޝަލް ވިދާޅުވީ އެ ސްޓޭޓުން ކޮވިޑްގެ އާވޭރިއެންޓް ފެނިފައިވާ ކަމަށެވެ.

އިންޑިއާގެ ކެޕިޓަލް ސިޓީ މުމްބާއީގެ މަހާރާޝްތުރަ ސިޓީއަކީ ވިޔަފާރީގެ ބޭނުމަށް އާންމުން ގިނަ އަދަދަކަށް ހަރަކާތްތެރިވާ ސިޓީއެކެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ޗައިނާގެ ސިޓީއެއް ކަމަށްވާ ވޫހާން ގައި ފެތުރެން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.