English Edition
Dhivehi Edition
ފޮޓޯ:އެމްއެންޑީއެފް

ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހި، ވައި އެންމެ ގަދަވެފައިވާ ކަމަށް ރިކޯޑް ކުރެވިފައިވަނީ އައްޑޫސިޓީ ގަމަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ގަމަށް 611 މިލިމިޓަރުގެ ވާރޭ ވެހިފައިވާކަމަށެވެ. އަދި ގަމަށް 55 މޭލު ބާރުމިނުގައި ވައި ޖެހިފައިވާކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ.

ކޮޅިގަނޑު ރާއްޖެއާއި ދުރަށް، ހުޅަނގުއުތުރަށް ޖެހެމުންދާއިރު މާދަމާ އިން ފެށިގެން ރާއްޖެ ސަރަހައްދަށް ވާރޭވެހުން މަދުވެފައި ވައިޖެހޭ ބާރުމިންވެސް ދަށްވާން ފަށާނެކަމަށް މެޓް އޮފީހުންވަނީ ލަފާކޮށްފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ކަމާއި ގުޅޭ އިދާރާތަކުން އަންނަނީ ލިބުނު ގެއްލުންތައް ބަލާ، އެހީތެރިކަން ބޭނުންވާ ފަރާތްތަކައް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.