English Edition
Dhivehi Edition
މަރަދޫ ގެެއެއްގެ ފުރާޅުމައްޗަށް ބަބުކެޔޮ ގަހެއް ވެއްޓުން ފޮޓޯ:އެމްއެންޑީއެފް
އައްޑޫ ސިޓީ މަރަދޫ ގެއެއްގެ ފުރާޅުމައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓި އެ ގެއަށް ގެއްލުންވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ ސ.މަރަދޫ “ފަޒާ” ގޭގެ ފުރާޅު މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު މިއަދު 08:44 ހާއިރު ލިބިފައިވާކަމަށެވެ. އަދި އެ ގަސްކަނޑައި، އެ ސަރަހައްދު ސާފުކުރުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާއެކު، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނާއި ސަދަން އޭރިއާ ކޮމާންޑުގައި މަސައްކަތް ކުރާ ސިފައިންގެ ޓީމެއް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ގޮސްފައެވެ.
“ފަޒާ” ގެއަކީ މީހުން ދިރިއުޅޭ ގެއެއް ނަމަވެސް، ގަސް ވެއްޓިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ޓެގު