English Edition
Dhivehi Edition
އެމްއެމްސީން ސްކޫލް ކުދިންނަށް ހިންގާ "ސްޓޭޑެންޓް ޖާނަލިޒަމް ޕްރޮގްރާމް"ގެ ތެރެއިން - ފޮޓޯ: އެމްއެމްސީ

އޭލެވެލް އަށް ކިޔެވުމުގެ މަރުހަލާ ފަށާ ދަރިވަރުންގެ ތެރެއިން ޓީޗަރަކަށް ވާން ބޭނުންވާ ކުދިންނަށް 1،500ރ. ގެ އެލަވަންސެއް ދިނުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޓީވީއެމްގެ “ހެނދުނު ހެނދުނާ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރުންގެ ނިސްބަތަށް ބަލާއިރު، 10،000 އެއްހާ ޓީޗަރުންގެ ތެރެއިން 2،000 ޓީޗަރުންނަކީ ބިދޭސީން ކަމަށެވެ. މި ކަން ބަދަލުކޮށް ތައުލީމީ ނިޒާމުގައި ތިބި ޓީޗަރުންގެ ތެރޭގައި ދިވެހި ޓީޗަރުން ގިނަ ކުރަން ޖެހޭކަން ފާހަގަކުރައްވަމުންޑރ. އަހުމަދު މުހައްމަދު ވިދާޅުވީ ވީ ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ޑރ. އަހުމަދު މުހައްމަދު ވިދާޅުވީ މިހާރު އެ މަޝްރޫއުގެ ކޮންސެޕްޓް ނިންމާފައިވާ ކަމަށާއި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ މަޝްރޫއު ފަށާނެ ކަމަށެވެ. އެގޮތުން އަހްމަދު މުހައްމަދު ވިދާޅުވީ މި ފަހަރު ގްރޭޑް 11 އަށް ވަންނަ ދަރިވަރުންގެ ތެރެއުން ޓީޗަރަކަށް ވާ ބޭނުންވާ ކުދިންނަށް ސްޓައިޕެންޑެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ދަރިވަރުންނަށް 1500ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ޑރ. އަހުމަދު މުހައްމަދު ސްޓައިޕެންޑެއް ދޭނީ ބެލެނިވެރިންނާ ދަރިވަރުންނާއެކު އެފަދަ އެއްބަސްވުމެއް ހެދިގެންކަމަށެވެ.