English Edition
Dhivehi Edition

ޗައިނާ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކުރާ, ސައިނޯފާމް ވެކްސިންގެ ފުރަތަމަ ބެޗު ދިވެހި ސަރުކާރާއި ހަވާލުކޮށްފިއެވެ.

ޗައިނާ ސަރުކާރުން މިއަދު ރާއްޖެ ސަރުކާރާއި ހަވާލުކޮށްފައިވަނީ އެއް ލައްކަ ޑޯޒްގެ ސައިނޯފާމް ވެކްސިނެވެ. ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި މި ވެކްސިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި ހަވާލުކޮށް ދެއްވީ ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްއެވެ.

ޗައިނާގެ ސައިނޯފާމް ވެކްސިން ހަދިޔާ ކުރުމަށް މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ މި ހާލަތުގައި ވެސް ޗައިނާ އިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ.

ރާއްޖޭގައި ސައިނޯފާމް ވެކްސިނަށް ހުއްދަ ދީފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. މި ވެކްސިން ރާއްޖޭގައި ދޭން ފެށީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ޗައިނާއިން ރާއްޖެއަށް ޖުމްލަ ދެ ލައްކަ ސައިނޯފާމް ވެކްސިން ޑޯޒް ހަދިޔާކުރުމަށް ނިންމާފައިވާއިރު، ބާކީ ހުރި އެއްލައްކަ ޑޯޒް ވެކްސިން ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.