English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު އާއި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް، ޗައިނާގެ އިންވެސްޓަރުންގެ އެހީއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.

ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމު ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްޤީގެ ތަސައްވުރަކީ ގުޅިގެން، އެކުގައި މަސައްކަތްކޮށް އަދި ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމުގެ ތަސައްވުރެއްކަމުގައެވެ.

ދިވެހިރާއްޖޭގެ މައި އެއާޕޯޓާއި ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރެ ހާމަކުރައްވަމުން، އެ މަޝްރޫޢުތައް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅިގެން ކުރިޔަށްގެންދެވޭނެ ގޮތްތައް ހޯއްދެވުމަށް ޝައުޤުވެރިކަން ރައީސް ވަނީ ފާޅުކުރައްވާފައެވެ. އަދި ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވާ އެއްގޮތްވާ ފްރޭމް ވޯކެއްގެ ދަށުން، މި މަޝްރޫއުތަކަށް ޕާޓްނާޝިޕް ހަދައިގެން ކުރިއަށް ދިއުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އުއްމީދެއްކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ އިސްނެންގެވުމާއެކު ފެއްޓެވި، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ތެރެއިން ރާއްޖެއަށް މީގެ ކުރިން ނުލިބޭ މިންވަރަށް ގިނަ އެހީތަކެއް ލިބިފައިފައިވާކަން ފާހަގަކުރައްވާފައެވެ.