English Edition
Dhivehi Edition

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ރަޖިސްޓްރީވެފައި ތިބި މީހުންނަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަންނުން ވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް 8000 މީހުން ރީ-ރަޖިސްޓްރީ ވެފައިވާކަމަށް ބުނެފައެވެ. އަދި އެ ފަރާތްތަކަށް ރީ ރަޖިސްޓްރީވުމަށް މިއަދު ފުރުސަތު ހުޅުވާލާފައިވާއިރު މި ފުރުސަތު ހުޅުވާލާފައިވަނީ 24 މާރިޗް 2021 ގެ ނިޔަލަށެވެ.

އީލެކްޝަން ކޮމިޝަނުން ބުނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލުނުކުރާ ފަރާތްތަކަށް، ވޯޓު ލެވޭނީ މިހާރު ރަޖިސްޓަރީވެފައިވާ ތަން ނުވަތަ ރަށަށްކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ލިސްޓުގައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް އީސީ އިން ވަނީ ބުނެފައެވެ.