English Edition
Dhivehi Edition

މޯލްޑިވްސް މަރކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން( އެމްއެމްޕީއާރުސީ ) އަށް އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން 10 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެސްއޯއެފްގެ މައްޗަށް އެމްއެމްޕީއާރުސީން ދައުވާ ކޮށްފައިވަނީ އެއްބަސްވުންތަކުގެ ދަށުން އެ ކުންފުންޏަށް އެސްއޯއެފުން ދޭން ޖެހޭ 160 މިލިއަން ރުފިޔާ (10.7 މިލިއަން ޑޮލަރު) ދިނުމަށް އިންކާރުކޮށްފައިވާތީ އެވެ.

މިއަދު މައްސަލާގައި ކުރި ހުކުމުގައި ބުނެފައިވަނީ، އެމްއެމްޕީއާރްސީއިން ދައުވާކުރާ ފައިސާ ދައްކާފައިވާކަން އެސްއޯއެފްއަށް ސާބިތުކޮށްދެވިފަިއނުވާ ކަމަށެވެ. މި މައްސަލައިގެ އަޑުއެހުމަށް އެސްއޯއެފް ހާޒިރުނުވުމުން މައްސަލަ އެކުންފުނީގެ ޣައިރު ހާޒިރުގައި ނިންމާފައިވާއިރު މިއަދުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ނިންމުމަށްވ ކޯޓުންވަނީ އެސްއޯއެފްގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެސް.އޯ.އެފް އަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ރެޑްނޯޓިސް ނެރެފައިވާ މުހައްމަދު އައްލާމް ލަތީފްގެ ހިއްސާ ކުރިން އޮތް ކުންފުންޏެކެވެ. އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، އެމްއެމްޕީއާރްސީން އެސްއޯއެފްގެ އެކައުންޓަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. އަދި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ގެއްލުނު ފައިސާ އެކި ފަރާތްކަށް ބަހާފައިވަނީ އެސްއޯއެފްގެ އެކައުންޓްތައް މެދުވެރިކޮށެވެ.