English Edition
Dhivehi Edition

ރޮހިންޖާގެ މުސްލިމުންނަށް އެ ގައުމުގެ ސިފައިން ކުރަމުންދާ ލާއިންސާނީ އަމަލުތަކުގެ މަންޒަރުތަށް ބްރޯޑްކާސްޓް ކުރުމުގައި ސަމާލުވުމަށް އިލްތިމާޒުކޮށްފިއެވެ.

އިއްޔެ ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިޔަންމާގެ ސިފައިން އެގައުމުގެ ރޮހިންގާ އަވަށުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަށް ބްރޯޑްކާސްޓް ކުރުމުގައި ގުދުރަތީ ހާދިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރު ކުރުމުގައި އަމަލު ކުރަންޖެހޭ ގައިޑްލައިނަށް ރިއާޔަތް ކުރަންވާނެ ކަމަށެވެ. އަދި އަނިޔާ ލިބޭ ފަރާތްތަކުގެ ކޮންޓެންޓް ގެނެސްދޭ އިރު، ޒާތީ މަޢުލޫމާތު ހާމަކުރުމުގެ ކުރިން އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެދިފައެވެ.

މި ފަދަ ހާދިސާތަކުގައި މަރުވެފައިވާ މީހުންނާއި އަނިޔާ ލިބިފައިވާ މީހުންނާއި އެކި ގޮތްގޮތުން އަސަރުކޮށްފައިވާ މީހުންގެ ކޮންޓެންޓް އެމީހުންގެ އިންސާނީ ގަދަރާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ގެނެސްދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ބްރޯޑްކާސްޓްކުރުކުމުގެ ގަވާއިދުގެ 32 ވަނަ މާއްދާގެ ދަށުން އެފަދަ މަންޒަރުތައް ގެނެސްދޭއިރު ބެލުންތެރިންގެ ސަމާލުކަމަށް ގެނެސްދިނުމަށް ޓަކައި އެކަން އަންގައިދޭ މެސެޖެއް ކޮންޓެންޓް ގެނެސްދިނުމުގެ ކުރިން ފޮނުވަންވާނެ ކަމަށްވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބުނެފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައިވަނީ ރޮހިންޖާގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާގެ މަންޒަރުތައް މިންގަޑުތަކާ ހިލާފަށް ބައެއް ފަރާތްތަކުން ބްރޯޑްކާސްޓް ކުރަމުންދާ ކަމަށެވެ.