English Edition
Dhivehi Edition

މޭޔަރ ކަމުގެ 3 މަސް ތެރޭ ހުޅުމީދޫ ހެލްތްސެންޓަރުގެ އަލްޓްރާ ސައުންޑް ހިދުމަތް ފަށާނެކަމަށް އައްޑޫސިޓީ މޭޔަރ ކަމަށް އިދިކޮޅު ޕީޕީއެމް އިން ކުރިމަތިލައްވާ ކެންޑިޑޭޓް މުޙައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ލަތީފްގެ ކެމްޕޭން ހަރަކާތްތަކުގެެ ތެެރެއިން ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދާ “ގުޑް މޯނިން އައްޑޫސިޓީ” ގެެ މިއަދުގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ، އައްޑޫގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ކުރައްވާނެ ކަމަށެވެ.އެގޮތުން ހުޅުމީދުގައި އަލްޓްރާ ސައުންޑްގެ ޚިދުމަތް ފެށިގެން ދިޔުމުން ހުޅުމީދޫގެ މާބަނޑު އަންހެން ކަނބަލުންނަށް ކަނޑު ހުރަސްކޮށް ހިތަދޫ އަށް ދިޔުމުގެ ތަކުލީފު އުފުލާކަށް ނުޖެހޭނެކަމަށެވެ.

މީގެ އިތުރުން މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އިތުރަށް ތަރައްޤީކޮށް އެ ހޮސްޕިޓަލުގައި ކެތެލެބެއް ޤާއިމްކުރައްވާނެކަމަށެވެ.އަދި ޓްރޯމާ ސެންޓަރަކާއި އޯތޯޕީޑީކް ސެންޓަރެއްގެ އިތުރުން ކާޑިއެކް ސެންޓަރެއް ޤާއިމްކުރައްވާނެކަމަށް ލަތީފް ވިދާޅުވިއެވެ.އަދި އައްޑޫގައި ރީޖަނަލް ފެންވަރުގެ ޑައިގްނޯސްޓިކް ސެންޓަރެއްވެސް ޤާއިމް ކުރައްވާނެކަމަށް ލަތީފް ވިދާޅުވިއެވެ.

އައްޑޫގެ މޭޔަރު ކަމަށް ޕީޕީއެމް އާއި ޕީއެންސީގެ ޓިކެޓުގައި ލަތީބެ ވާދަކުރައްވާ އިރު، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރެވެ.

 

 

ޓެގު