ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސްޓާ ޕްލަސްގެ ޑްރާމާ ”ގުމް ހެ ކިސީ ކޭ ޕިޔާރް މޭ“ގެ ލީޑް ތަރިންކަމުގައިވާ ނީލް ބަޓް(ވިރާޓް) އާއި އައިޝްވާރިޔާ ޝަރްމާ(ޕާކީ) ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މި މަހުގެ 11 ވަނަ ދުވަހު ނީލްގެ ގައިން ބަލީގެ އަލާމަތްތައް ފެނުމާއި ގުޅިގެން ކޮވިޑް19 އަށް ޓެސްޓު ހެދިއިރު އޭނާ ވަނި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ނީލް ވަގުތު ހޯމް ކަރަންޓީނަށް ލާފައިވާއިރު މި ޑްރާމާގެ ސެޓްގެ އެހެން ތަރިންވެސް ވަނީ ސެލްފް އައިސޮލޭޝަން ވެފައެވެ. ނީލް ޕޮޒިޓިވްވުމާއި ގުޅިގެން މި ޑްރާމާގެ ސެޓުގައި މަސައްކަތްކުރާ އެންމެންގެ ސާމްޕަލްތައް ނަގާފައިވާއިރު އައިޝްވާރިޔާ އާއި ޑްރާމާގެ ސެޓުގައި މަސައްކަތްކުރާ އެހެން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޑްރާމާގެ ސެޓުން މި ތިން މީހުން ޕޮޒިޓިވްވެފައިވާއިރު އިތުރު އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެއެވެ. އަދި މި ތިން މީހުންގެ ހާލުވެސް ރަނގަޅުކަމަށް ޑްރާމާގެ ޓީމުން ބުނެފައިވާއިރު އެ ޓީމުން ބުނީ ކޮންމެ ދުވަހުވެސް ތިން މީހުންގެ ހާލު ބަލަމުންދާކަމަށެވެ. ގުމް ހެ ކިސީ ކޭ ޕިޔާރް މޭ ގެ ލީޑް ދެ ތަރިން ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން ޑްރާމާގެ ސްކްރިޕްޓް އެ ތަރިންނާއި ނުލާ ރީތިގޮތަކަށް ގެނައުމަށް ޓީމުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ޓް އާއި ޕާކީގެ ރޯލުން ފެނިގެންދާ މި ދެ ތަރިން،އެ ޑްރާމާގައި ދައްކަމުންދާ މޮޅު ހުނަރުގެ ސަބަބުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާއިރު މިހާރު ސަޕޯޓަރުން އެންމެ އިންތިޒާރުކުރަމުންދަނީ މި ދެތަރިންގެ ކައިވެންޏަށެވެ،
ނީލް އާއި އައިޝްވާރިޔާ އެކުގައި ގިނަ ވަގުތު ހޭދަކޮށް، ސޯޝަލް މީޑިއާގައިވެސް ފޮޓޯތައް ހިއްސާކުރަމުން އަންނައިރު، މިއެ ދެތަރިން މިއަހަރުގެ ޑިސެމްބަރު މަހު ކައިވެނިކުރާނެކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ. އަދި ނީލް އާއި އައިޝްވާރިޔާ ގުޅުން ދެ އާއިލާއަށްވެސް މިހާރު އެގިފައިވާއިރު އާއިލާގެ ހާއްސަ ހަފްލާތަކުގައި ދެމީހުން އެކުގައި ބައިވެރިވާކަމަށްވެސް މީޑިއާ ރިޕޯޓްތައްވަނީ ބުނެއެވެ