English Edition
Dhivehi Edition
ސްކީމްގެ ގއ. ޗެޕްޓަރ ގެ މެމްބަރުން އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން

ރާއްޖޭގެ ސަރަހައްދީ ޖަމިއްޔާއެއް ކަމަށްވާ، ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އިން އިންތިޒާމުކޮށްގެން އަންހެނުންނަށް ޚާއްޞަ އޮންލައިން ފޯރަމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 20 ވަނަ ދުވަހުގައެވެ 2 ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ފޯރަމްގައި އޮޕެނިން ކީ ނޯޓް ސްޕީކާރ އެއްގެ ގޮތުގައި ވާހަކަ ދައްކަވާނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ ސްޓޭޓް މިނިސްޓަރ ފަޒްނާ ޝާކިރެވެ. އަދި ދެވަނަ ކީނޯޓް ސްޕީކާރ އެއްގެ ގޮތުގައި ވާހަކަ ދައްކަވާނީ ކުރީގެ ޖެންޑަރ މިނިސްޓަރ އަދި ހޯޕް ފޯރ ވިމެން ގެ ކޯ- ފައުންޑަރ އަަނީސާ އަޙްމަދެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ޝިއާރަކީ “އިސް ސަފުގައި އަންހެނުން: ކޮވިޑް 19ގެ ދުނިޔޭގައި ހަމަހަމަ މުސްތަޤްބަލެއް ހޯދުން” ކަމަށް ވުމާއެކު ޝިއާރާއި ގުޅުވައިގެން 2 ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޕެނަލް ޑިސްކަޝަން ތަކުގައި ޕެނަލިސްޓުން ގެ ގޮތުގައި ފާހަގަކޮށްލެވޭ ގާބިލް އަދި ހުނަރުވެރި ބޭފުޅުން ވާހަކަ ދައްކަވާއިރު ފޯރަމްގައި ރަޖިސްޓްރީ ވާ ބޭފުޅުންނަށް ޕެނަލް ގައި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ކްލޯޒިން ރިމާކްސް ގައި ރެޖިސްޓަރ އޮފް އެންޖީއޯސް އަޙްމަދު އިރާޝް ވާހަކަ ދެއްކެވުމަށް ހަމަ ޖެހިފައިވާ އިރު އަންހެނުންގެ ތެރެއިން ފާހަގަކޮށްލެވޭ ތަފާތު މަސައްކަތް ކުރާ ހުނަރުވެރި ކަނބަލެއް ކަމުގައިވާ ޒޫނާ ނަސީމް ގެ “މައި ސްޓޯރީ” ވެސް ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޒޫނާ އަކީ މޫދުބުޅާ ޑައިވް ސެންޓަރ ގެ ކޯ- ފައުންޑަރ އެވެ.

މި ފޯރަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި މިވާ ލިންކުން ރަޖިސްޓްރީ ކުރެވޭނެއެވެ.

https://form.jotform.com/210634819779468