English Edition
Dhivehi Edition

މިހަފްތާގެ ތެރޭ ފޭދޫގައި މާރާމާރީ ހިންގައި ބަޔަކު ޒަޚަމް ކޮށްލާފައިވަނިކޮށް ރޭވެސް ފޭދޫއާއި މަރަދޫގައި މާރާމާރީ ހިންގައިފިއެވެ. ރޭ 11.30އެހާކަށް ހާއިރު ހިތަދޫ ގައި މީހަކަށް ތޫނު އެއްޗަކުން ޙަލަމާދީ ޒަޚަމް ކޮށްލާފައިވާ އިރު މި މާރާމާރީގައި އަނިޔާވި މީހާއަށް ދަނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އޭގެ އިރުކޮޅެއް ފަހުން 23.45 ގައި ފޭދޫގައިވެސް ވަނީ މާރާމާރީ ހިންގާފައެވެ. މި މާރާމާރީގައި ވެސް ތޫނު އެއްޗަކުން ޙަމާލާ ދީގެން ޒަޚަމްވި މީހާ އަށް ދަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ވިދާޅުވީ މި ދެމައްސަލަވެސް ތަޙުގީގު ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ އައްޑޫސިޓީ ފޭދޫ ކުޑަކުދިންގެ ޕާކް ސަރަޙައްދުގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީ ހިންގައި 7 މީހަކު ޒަޚަމް ކޮށްލާފައެވެ.

ފުލުހުންވަނީ އެމައްސަލާގައި ހިމެނޭ ދިވެހި 5 ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެޙާދިސާ އައްޑޫ ގަން ޕޮލިސް ސްޓޭޝަނުން ގެންދަވަނީ ތަޙުގީގު ކުރަމުންނެވެ.