English Edition
Dhivehi Edition

ތ.އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ފިނޮޅުން ފެނުނު މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ ތ. ފިނޮޅު ކިޔާ ފަޅު ރަށަކަށް ގޮސް އުޅުނު ބަޔަކަށް އެރަށު ގޮނޑުދޮށުން މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 2 ކޮތަޅު ފެނިފައިވާ ކަމުގެ މަޢުލޫމާތު މިރޭ 1900 އެހާކަށް ހާ އިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

މި މަޢުލޫމާތާއި ގުޅިގެން ފުލުހުން އެރަށަށް ގޮސް އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާ ތަޙުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަ ކުރެއެވެ.