English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި ހިނގި މާރާމާރީއާއި ގުޅިގެން ފަސް މީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހޮނިހިރު ދުވަހު ކޯޓު އަމުރެއްގެ ދަށުން ދިވެހި ފަސް ފިރިހެނުން ހައްޔަރުކޮށްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ މީހަކާއި 20 އަހަރު މީހަކާއި 21 އަހަރުގެ ދެ މީހުން ގެ އިތުރުން 32 އަހަރުގެ މީހެކެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ފޭދޫ ކުޑަކުންދިންގެ ޕާކް ސަރައްހަދުގައި ދެ ގުރޫޕެއްގެ ދެމެދުގައެވެ. އެ މާރާމާރީ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެރޭ 6:30 ގައެވެ. މި މާރާމާރީގައި އަނިޔާވި މީހުންގެ ތެރެއިން ބައެއް މީހުން ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާއިތު ބައެއް މީހުންނަށް ހިތަދޫ ހޮސްޕިޓަލުގައިވެސް ވަނީ ފަރުވާދީފައެވެ.

ހަމަ އެރޭ އައްޑޫ ސިޓީގައި ހިނގި ދެވަނަ މާރާމާރީ ހިންގާފައިވަނީ ހިތަދޫގައެވެ. ރޭ 12:40 ހާއިރު ހިތަދޫ ބޮޑު މަގުގައި ހުންނަ ހުސައިން މޫސަ މިސްކިތް ކައިރީގައި ހުންނަ ގާޑިއެއްގެ ކައިރީ ހިންގި މި މާރާމާރީގައި ޒުވާނަކަށް ކަތިވަޅިއަކުން ވަނީ ހަމަލާދީފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.