English Edition
Dhivehi Edition
އައްޑޫ ނޭޗަރ ޕާކުގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ވިޒިޓް މޯލްޑިވްސް

އައްޑޫ ސިޓީގައި ރޭ ހިނގި މާރާމާރީތަކާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫ ސިޓީގައި ހިންގި ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ފޭދޫ ކުޑަކުންދިންގެ ޕާކް ސަރައްހަދުގައި ދެ ގުރޫޕެއްގެ ދެމެދުގައެވެ. އެ މާރާމާރީ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 6:30 ގައެވެ. މި މާރާމާރީގައި އަނިޔާވި މީހުންގެ ތެރެއިން ބައެއް މީހުން ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާއިތު ބައެއް މީހުންނަށް ހިތަދޫ ހޮސްޕިޓަލުގައިވެސް ވަނީ ފަރުވާދީފައެވެ.

ރޭ އައްޑޫ ސިޓީގައި ހިނގި ދެވަނަ މާރާމާރީ ހިންގާފައިވަނީ ހިތަދޫގައެވެ. ރޭ 12:40 ހާއިރު ހިތަދޫ ބޮޑު މަގުގައި ހުންނަ ހުސައިން މޫސަ މިސްކިތް ކައިރީގައި ހުންނަ ގާޑިއެއްގެ ކައިރީ ހިންގި މި މާރާމާރީގައި ޒުވާނަކަށް ކަތިވަޅިއަކުން ވަނީ ހަމަލާދީފައެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު އަދި މިހާތަނަށް މިކަމާއި ގުޅޭ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.