English Edition
Dhivehi Edition

ލޯކަލް ކައުންސިލް އިންތިހާބުގެ ބަޖެޓަށް 29 މިލިއަން ރުފިޔާ އިތުރުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް 51 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު އީސީ އިން ވަނީ އިންތިހާބު ބޭއްވުމަށް އިތުރަށް 44.9 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ބުނެފައެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް 29 މިލިއަން ރުފިޔާ ދޭން ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ފާސްވެފައިވާއިރު އެ ފައިސާ ހަރަދުކުރަންވާނީ ކޮންމެހެން ކުރަންޖެހޭ ހަރަދުތަކަށް ކަމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އިންތިހާބު ބޭއްވުމަށް ބޮޑު ހަރަދެއް ހިނގާނެކަމަށް މީގެ ކުރިން އީސީ އިން ބުނެފައިވާއިރު އެ ކޮމިޝަނުން ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އިންތިހާބު ބޭއްވުމަށް ސެނެޓައިޒާ، މާސްކް ފަދަ ތަކެތި ފޯރުކޮށްދިނުމަށް ހަރަދުދާނެކަމަށް ބުނެފައެވެ