English Edition
Dhivehi Edition

ލިޔުނީ: މުޙައްމަދު ހިޒްޔަމް/ ޝަމްސުއްދީން ސްކޫލް

ވޯލްޑް ކޯސްޓަލް ކްލީންއަޕް ވީކް ފާހަގަކުރުމުގެ ގޮތުން ނަލަފެހި މީދޫން ސާފުކުރުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.

މީދޫގެ ޒުވާނުން އިސްނަގައިގެން ހިންގާ ޖަމިއްޔާއެއް ކަމަށްވާ ނަލަފެހި މީދޫއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މުލިމަތި ޖަމިއްޔާއާއި އަދި ޝަމްސުއްދީން ސްކޫލްގެ ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ. ޝަމްސުއްދީން ސްކޫލުން ބައިވެރިވި މި ޙަރަކާތުގައި ސާފު ކުރީ މީދޫ ކޯގަންނު ގަބުރުސްތާނު ކައިރީގައި އޮންނަ ހޭޅިފަށެވެ.

މިއަދު ހެނދުނު 6:30ގައި ފެށި މި ޙަރަކާތް ނިންމާލާފައިވަނީ ދެ ގަޑިއިރުގެ ސާފުކުރުމަކާ އެކުގައެވެ. މި ހަރަކާތުގައި އައްޑޫ މީދޫ ކައުންސިލަރު ހިޔާޟްވެސް ވަނީ ބައިވެރި ވެފައެވެ.

ނަލަފެހި މީދޫން މިއަދަށް ކަނޑައެޅި އެޖެންޑާގައި ވަނީ ” ދެމެހެއްޓެނިވި ތަރައްޤީއަށް އެކުގައި މަސައްކަތް ކުރުމެ”ވެ. މި ޙަރަކާތުގައި ވީހައިވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ނަލަފެހި މީދޫން އެދިފައި ވެއެވެ. އަދި ނިންމާލުމުން ބައިވެރިވި އެންމެންނަށްއެ ޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ނަލަފެހި މީދޫން ވަނީ މީގެ ކުރިންވެސް ސާފުކުރުމުގެ އެތައް ޙަރަކާތްތަކެއް ބާއްވާފައެވެ. އެގޮތުންޖަމިއްޔާއިން އިސްނަގައިގެން ވަނީ މީދޫގައި ހިތްފަސޭހަ ކޮށްލެވޭނެ ގޮތަށް 3 ފިނި މައިޒާނެއް ހުޅުވާފައެވެ. އެއީ އީދިގަމޫލު، މޫސާގެ ފަންނު އަދި ގަނޑޮވަރި ފަންނެވެ. އަދި ރަށުގައި ގަސް އިންދުމުގެ ގިނަ ޙަރަކާތްތަކެއް ވެސް މިޖަމިއްޔާއިން ކުރިއަށް ގެންދެއެވެ.

2 ކޮމެންޓް
Ibraahim hussein
ސެޕްޓެމްބަރު 17, 2017
Nalafehi jamiyaakun meedhoi 3 finimaizaana nihadha thaa ei liumugai oi kusha Mi sauff kedumuge program baiveri vee ssm dharivaraa unmeedhake habaro leyna kalaki rangalha mauloomaath lethun
mި. މި ވަގުތު
ސެޕްޓެމްބަރު 17, 2017
Nalafehi jamiyaakun meedhoi 3 finimaizaana nihadha thaa ei liumugai oi kusha Mi sauff kedumuge program baiveri vee ssm dharivaraa unmeedhake habaro leyna kalaki rangalha mauloomaath lethun