English Edition
Dhivehi Edition
ކައުންސިލް ޕޭޖުން. :- ގއ. އަތޮޅު ކައުންސިލް އިދާރާ

ގއ. އަތޮޅު ކައުންސިލުން އަތޮޅުގެ ރަށު ކައުންސިލް ތަކުގެ މަސައްކަތްތައް ފާހަގަކޮށްފިއެވެ

ގއ. އަތޮޅު ކައުންސިލުން އެއަތޮޅު ނުވަ ރަށެއްގެ ރަށު ކައުންސިލް ތަކަށް ޝުކުރު އަދާ ކުރައްވާފައި މިވަނީ މިއަދު އަތޮޅު ކައުންސިލުން ނެރުއްވި ނޫސްބަޔާނެއްގައެވެ. އެނޫސް ބަޔާނުގައިވާ ގޮތުން ޤާާނޫނު ނަންބަރު : 2020/7 ( ދިވެހި ރާއްޖޭގެ އިދާރީތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު )ގެ 93 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ، ކައުންސިލަށް ލިބޭ އާމްދަނީއާއި އެކި ގޮތްގޮތަށް ލިބޭ އެހީ އާއި ނަގާ ލޯނަން ބަލައިގެން ހިނގާ އަހަރުގެ ކައުންސިލްގެ ބަޖެޓް އެއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފާސް ކުރަން ޖެހޭ ކަމަށް ޤާނޫނުގައި ބުނެފައި ވެއެވެ.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް 2021 ވަނަ އަހަރުގެ ބަޖެޓް ޖަނަވަރީ15 ގެ ކުރިން ފާސްކޮށް، އަތޮޅު ކައުންސިލަށް އެމަޢުލޫމާތު ހިއްސާކޮށްފައިވާ ރަށުކައުންސިލްތައް ތިރީގައި މިވަނީއެވެ.

1-ހުވަނދު އަތޮޅު އުތުރުބުރީ ކޮލަމާފުށި ކައުންސިލް

2-ހުވަނދު އަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލް

3- ހުވަނދު އަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލް

4- ހުވަނދު އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް

5- ހުވަނދު އަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލް

6- ހުވަނދު އަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލް

7- ހުވަނދު އަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް

8- ހުވަނދު އަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލް

9- ހުވަނދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލް

މަތީގައި ދެންނެވުނު ކައުންސިލް ތަކުން، އެ ކައުންސިލް ތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްައިވާތީ ކައުންސިލް ތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލް ފަރާތުން މަރްޙަބާ ދަންނަވަން ” ނޫސް ބަޔާނުގައިވެއެވެ.

ގއ. އަތޮޅެ ކައުންސިލުން 2021 ވަނަ އަހަރަން ދައުލަތުންދޭ ބްލޮކް ގްރާންޓް 712726200 އާއި ކައުންސިލް އާމްދަނީ އަދި އެކިއެކި ފަރާތްތަކުގެ ސްޕޮންސަރ ތަކާއި އެކު މުޅި ޖުމްލަ 1953735000 ބަޖެޓް ފާސްކޮށްފައިވާއިރު ޜަށްވެހި ތަރައްޤީއަށް 4200000.00 ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވޭ. މިގޮތުން މުނިސިޕަލް މަސައްކަތަށް 1000000.00ރުފިޔާ، ރަށްރަށުގެ ތަރައްޤީޤެ މަޝްރޫޢު ތަކަށް 7200000.00 ރުފިޔާ އަދި ޕިކްނިކް އައިލެންޑަށް ރަށެއް ތަރައްޤީ ކުރުމަށް 500000.00 ރުފިޔާގެ ބަޖެޓެއް މިއަހަރު ފާސްކޮށްފައިވެއެވެ.