English Edition
Dhivehi Edition

ގއ. ދެއްވަދޫ ކޮވިޑް19 ކޭސްތަކާއި ގުޅިގެން ނެރުނު މޮނިޓަރިންގެ ޙާލަތު ޢުވާލާއިފިއެވެ

ދެއްވަދޫ މޮނިޓަރިން ހާލަތަށް ގެނެސް، އެ ރަށަށް އަރައި ފޭބުން މަނާކުރީ މި މަހު 1 ވަނަ ދުވަހުގަ އެވެ. އެހެންވެ، އެ ރަށުގެ މޮނިޓަރިންގެ ހާލަތު ފަސް ދުވަސް ފަހުން އުވާލާފައިވާއިރި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި ލޔުމެއްގައި ވަނީ އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން އެ ރަށުގައި މޮނިޓަރިން ހާލަތު އިތުރަށް ދަމަހަށްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.އަދި މޮނިޓަރިން ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ނިމުމެއް ގެންނަ ކަމަށްވެސް ލިޔުމުގައިވެއެވެ.

ދެއްވަދޫ މޮނިޓަރިން ޙާލަތަށް ގެނެއީ އެ ރަށު ކަރަންޓީންގައި ހުރި 2 މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި ކަރަންޓީންގައި ހުރި އިރު ކަރަންޓީން އުސޫލްތަކާއި ޙިލާފަށް ބައެއް މީހުންނާއި ކޮންޓެކްޓްވެފައިވާތީއެވެ.

މިއީ މިއަހަރު ތެރޭގައި ދެއްވަދޫ މޮނިޓަރިން ޙާލަތަށް ގެނައި 2 ވަނަ ފަހަރެވެ. ދެއްވަދޫއިން ކޮވިޑް ކޭސްތައް ފެނި މީގެ ކުރިން ރަށް މޮނިޓަރިންނަށް ލުމަށްފަހު މޮނިޓަރިން އުވާލާފައިވަނީ 1 މަސް ދުވަސް ފަހުންނެވެ. އެފަހަރު އެ ރަށުން 95 މީހަކު ބައްޔަށް ޕޮޒިޓިވްވެ، އެރަށަށް ނިސްބަތްވާ 77 އަހަރުގެ ފިރިހެނަކު ވެސް ވަނީ މި ބަލީގައި ނިޔާވެފައެވެ.