English Edition
Dhivehi Edition

އިންޑިއާގެ އަވަށެއް ކަމަށްވާ އުއްތަރުޕްރަދޭޝްގެ ފިރިހެނަކު އޭނަގެ އުމުރުން އެންމެ 17އަހަރުގެ އަންހެން ދަރިފުޅުގެ ބޯބުރިކުރުމަށްފަހު ބޯ ހިފައިގެން ފުލުސްއޮފީހަށް ހިނގައްޖެއެވެ.

އިއްޔެގެ ހަވީރުވަގުތެއްގައި ބޯބުރި ހިފައިގެން ކުމާރު މަގުމަތިން ހިނގާފައި ދަނިކޮށް ބަޔަކުވަނީ އޭނާހުއްޓުވައި ސުވާލުކޮށްފައެވެ.

މިހާރު ދައުރުވަމުން ދާ ވީޑިއޯގައި ކުމާރު ބުނަނީ އޭނަގެ އަންހެން ދަރިފުޅު މަރާލީ އޭނާ ނުރުހޭ ފިރިހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެނގުމުން އެކަން ހުއްޓާލުމަށް ތަކުރާރުކޮށް އެދުމުން ވެސް ހުއްޓާނުލުމުން ކަމަށެވެ. އިތުރަށް އޭނަ ބުނީ އޭނައަށް އެފިރިހެން ކުއްޖާ ފެނުނު ނަމަ އޭނަވެސް މަރާލާނެކަމަށެވެ.

ކުމާރު ފުލުސް އޮފީހަށް އަންހެން ދަރިފުޅުގެ “ބޯ” ހިފައިގެން ގޮސް ވަނީ ކުށަށް އިއުތިރާފެ ވެފައެވެ. އޭނާ ފުލުހުން ކައިރީ ބުނީ މިކަންތައް ކުރީ އޭނަ އެކަނި ކަމަށާއި އިތުރު މީހަކު ބައިވެރި ނުވާކަމަށެވެ. އަދި ދަރިފުޅުގެ ހަށިގަނޑު ކޮޓަރީގައި އޮންނާނެކަމަށްވެސް އޭނާ ފުލުހުން ކައިރީ ބުންޏެވެ. އެހެން ނަމަވެސް ފުލުހުން ވަނީ ކުމާރުގެ އަނބިމީހާވެސް ހައްޔަރުކޮށް މި މައްސަލަ ތަހުގީގު ކުރަންފަށާފައެވެ.

ނޭޝަނަލް ކްރައިމް ރެކޯރޑްގެ ބިއުރޯގެ ހިސާބުތަކުން ދައްކާގޮތުގައި 2019 ވަނަ އަހަރު އަންހެނުންނަށް ކުރާ އަނިޔާގެ އެންމެ ގިނަ ކުށްތައް ކޮށްފައިވަނީ އުއްތަރ ޕްރަދޭޝްގައެވެ. އެ ރިޕޯޓްގައި ދައްކާގޮތުގައި ކުޑަކުދިންނަށް ކުރާއަނިޔާގެ 7444ކޭސް އުއްތަރ ޕްރަދޭޝްގައި، މަދިޔަ ޕްރަދޭޝްއިން 6503 އަދި މަހަރާސްތްރާގައި 6402 ކޭސް ރިކޯޑްކުރެވިފައިވެއެވެ.