English Edition
Dhivehi Edition

މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މައި ޙަރަކާތްތައް ދިވެހިރާއްޖޭގައި ކުރިއަށްގެންދާނީ އައްޑޫ ސިޓީގައިކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ

“ބްރިޓިޝް ލޯޔަލްޓީ ޝިޕް ރެކް” އަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ މައުސޫމް މިކަން އިއުލާންކޮށްފައިވާއިރު މިއަދު އައްޑޫ ސިޓީ ކައުންސިލާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި، ޤައުމީ އަދި ބައިނަލްއަޤުވާމީ އެއާލައިންތަކާއި، ރިސޯޓުތަކާއި، ޓުއަރ އޮޕަރޭޓަރުން އަދި ފަތުރުވެރިކަމާގުޅޭ ބައެއް ޖަމިއްޔާތަކާއެކު ބޭއްވި ބައްދަލުވުމުގައިވެސް މައުސޫމް ވަނީ މި ވާހަކަ ތަކުރާރުކުރައްވައި، މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް އައްޑޫ ސިޓީގައި ކުލަގަދަކޮށް ފާހަގަކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިއަހަރުގެ ޖަނަވަރީ މަހު އައްޑޫގައި އޮތް “ބްރިޓިޝް ލޯޔަލްޓީ ޝިޕް ރެކް” އަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ފުޅާކުރަން މި އަހަރު ހާއްސަ ކަންތައްތަކެއް ކުރާ އިރު އައްޑޫ ކައުންސިލުން ދިން ދައުވަތު ގަބޫލުކޮށް އެ ސިޓީގައި ދުނިޔޭގެ ޓޫރިޒަމްގެ ދުވަސް ފާހަގަކުރަން ނިންމާފައިވާ ކަމަށެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ކަމުގައިވާ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހެވެ،