English Edition
Dhivehi Edition

ގއ ދެއްވަދޫ މޮނިޓަރިން ހާލަތަށް ގެނެސް އެރަށަށް އަރައި ފޭބުން އަނެއްކާވެސް މަނާކޮށްފިއެވެ.

އެރަށް މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވާކަމަށް ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށު ކައުންސިލަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ، އެރަށް މޮނިޓަރިންގ އަށް ލާފައިވަނީ، ލީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޮވިޑް19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ.

އޭނާ ކަރަންޓީނުގައި ހުރި އިރު ކަރަންޓީނުގެ އުސޫލުތަކާ ޚިލާފަށް ބައެއް މީހުންނާ ކޮންޓެކްޓުވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައް ބެލުމަށް އެރަށް މޮނީޓަރިން އަށް ލީ ކަމަށްވެސް އެޗްއީއޯސީ އިން ބުނެފައިވެއެވެ. އަދި އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ނުފޭބޭނެ ކަމަށާއި އަދި ހުއްދަ ނެތި ރަށަށް އެރުން މަނާވާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މިއީ މިއަހަރުގެ ތެރޭގައި ދެއްވަދޫމޮނިޓަރިންގެ ޙާލަތަށް ގެނައި 2 ވަނަ ފަހަރެވެ. ދެއްވަދުއިން ކޮވިޑް ކޭސްތަކެއްފެނި މީގެ ކުރިން ރަށް މޮނީޓަރިން އަށް ލުމަށްފަހު މޮނީޓަރިން އުވާލާފައިވަނީ އެއްމަސް ދުވަސް ފަހުންނެވެ. އެފަހަރު އެރަށުން 95 މީހަކު ބައްޔަށް ޕޮޒިޓިވްވި އެވެ. އެރަށަށް ނިސްބަތްވާ 77 އަހަރުގެ ފިރިހެނަކުވެސް ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 19،979 އަށް އަރައިފައިވާއިރު މި ބަލީގައި މިހާތަނަށް 62 މީހުން ރާއްޖެއިން ވަނީ މަރުވެފައިވެއެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 17،343 އެވެ.