English Edition
Dhivehi Edition
މާލޭ ސިޓީ ކައުންސިލްގެ އިދާރާ - ފޮޓޯ: މިނިވަން ނިއުސް

މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުން އަންނަ ހަފުތާގެ ތެރޭގައި ބޭއްވުމަށް ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ފެބްރުވަރީ މަހު ބޭއްވުމަށް ޤާނޫނުން ލާޒިމް ކުރާ ބައްދަލުވުން ކޮވިޑް 19 ގެ ޙާލަތާ ގުޅިގެން އެއްތަނަކަށް އެއްވެ އެ ބައްދަލުވުން ބޭއްވޭގޮތް ވަނީ ނުވެފައި ކަމަށެ. އެހެން ނަމަވެސް ކޮވިޑް 19 ގެ މި ޙާލަތުގައި ޒޫމް މެދުވެރިކޮށް 2021 މާރިޗް 08 ވަނަ ދުވަހު ހަވީރު 4:00ގައި ރައްޔިތުންނާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެ އިޢުލާނުގައި ކައުންސިލުން ބުނެފައި ވެއެވެ.

އަދި އެ ބައްދަލުވުން ޕަބްލިކް ސަރވިސް މީޑިއާއިންނާއި ފޭސްބުކު ޕޭޖުން ލައިވް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ޒޫމް މެދުވެރިކޮށް ބައިވެރި ވެވޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ. އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވާނީ މި ލިންކު މެދުވެރިކޮށެވެ.