English Edition
Dhivehi Edition

ގއ ދެއްވަދޫ ގައި ދުއްވާ ކުރިމަގު ނަމަކަށް ކިޔާ މަސް ދޯނީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިއަދު މެންދުރު 33؛12 ހާއިރު ހިނިގި މި ހާދިސާގައި، އެ ދޯނީގައި ހުރި 53 އަހަރުގެ ފަޅުވެރިއެއްގެ އަތް ފިހި ހާލުދާރުވެގެން އަވަސް ފަރުވާއަށް އެމްއެންޑީއެފް ސަދަންއޭރިއާ، ކޯސްޓު ގާޑު ސުކޯޑުރަން ގެ އެހީތެރިކަމާއެކު މިއަދު 13;16 ހާއިރުވަނީ ގދ.ތިނަދޫއަށް ގެންގޮސްފައެވެ.

އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން ދޯނީގެ ފަޅުވެރިއަކު ބުނީ ދޯންޏަށް ޕެޓުރޯލް އެޅުމުގެ ތެރޭގައި ޕަންޕު ފޮށީގައި އަލިފާން ރޯވެ ދިމާވި މިހާދިސާ ހިނގާފައިވަނީ ގދ މަޑަވެލީ ބޮއި ކައިރީގައި މަސްބާނަން އުޅެނިކޮށް ކަމަށެވެ. މިހާދިސާގައި ދޯނީގައި ރޯވި އަލިފާންގަޑު އެސަރަހައްދުގައި އެވަގުތު ހަރަކާތްތެރިވި އެހެން ދޯނިފަހަރުތަކުގެ އެހީގައި ވަނީ ނިއްވާލާފައެވެ.