English Edition
Dhivehi Edition

10 މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ފަރަށް އަފައިފިއެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ، ދިހަ މީހުންނާއެކު ދަތުރުކުރި ދޯންޏެއް ނ. އަތޮޅުގައި އޮންނަ ފަރަކަށް އެރުމުން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

“ނަސްފަރު” ނަމަކަށްކިޔާ މިދޯންޏަކީ 75 ފޫޓުގެ ދޯންޏެކެވެ. ދޯނި ފަރަށް އެރީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ދޯނި ފަރަށް އަރާފައި ވަނީ ށ. ވަނގާރުން ފުރައިގެން މާލެ ދާން ދަތުރުކުރަނިކޮށް ނ. އަތޮޅުގައި އޮންނަ ލޯފަރު ނަމަކަށް ކިޔާ ފަރަކަކަށް ކަމަށެވެ.

ފަރަށް އަރައި ދޯނި ދިޔަވަމުން ދާތީ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.