English Edition
Dhivehi Edition
ކޮވިޑް19 ޖެހިފައިވާ ބަލިމީހަކަށް ފަރުވާ ދެނީ

އައްޑޫސިޓީން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 3 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ. އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ޢާއްމު ކުރި މަޢުލޫމާތު ތަކަށް ބަލާއިރު ބުރާސްފަތި ދުވަހުގެ 18.00 އިން ފެށިގެން ހުކުރު ދުވަހުގެ 18.00 އާއި ހަމަޔަށް 3 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ. އެއަދަދާއެކު ބަލިން ރަނގަޅު ވި މީހުންގެ ޖުމްލައަކީ 50އެވެ.

މިއަދުވެސް އައްޑޫސިޓީގެ ފްލޫ ކޮލިނިކަށް ދެއްކި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި ވެއެވެ. އައްޑޫގައި މިބަލީގެ އެކްޓިވް ކޭސް ގެ ގޮތުގައި 38 މީހުން އެބަތިއްބެވެ. މީގެ ތެރެއިން 4 މީހަކަށް އައްޑޫ ކޮވިޑް ފެސިލިޓީގައި ދަނީ ފަރުވާ ދެމުންނެވެ. މިމީހުންގެ ޙާލު “ސްޓޭބަލް” ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.

Advt

Advertisement

އައްޑޫގައި 71 ސާމްޕަލެއް މިއަދު ނަގާފައި ވެއެވެ. މިހާތަނަށް މުޅިއެކު 3033 ސާމްޕަލް ނަގާ ޓޭސްޓް ކޮށްފައިވާ އިރު ކޮންމެ ދުވަހަކުވެސް މިގޮތަށް ނެގޭ ސާމްޕަލް، ޖެހިގެން އަންނަ ދުވަހުގެ ހަވީރު 6 ޖެހުމާއި ހަމަޔަށް ޓެސްޓުކޮށް ނަތީޖާ އިޢުލާން ކުރަމުން އަންނަ ކަމަށް އޭއީއޯސީން މަޢުލޫމާތު ދެއްވައެވެ.

ޕޮޒިޓިވް ކޭސް ތަކާއި ގުޅިގެން އައްޑޫސިޓީގައި ޑައިރެކްޓް ކޮންޓެކްޓްސް ގެ ގޮތުގައި 471 މީހުންއެބަތިއްބެވެ. ކަރަންޓީޏް ކޮށްފައިވާ ގެތަކުގެ އަދަދަކީ 125 އެވެ.