English Edition
Dhivehi Edition
- ވަގުތު އިމޭޖަސް

އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރަން މަސައްކަތް ކުރި މުޒާހަރާ ފެށުމުގެ ކުރިން ހުއްޓުވުމަށް މަސައްކަތް ކުރިނަމަވެސް މުޒާހަރާ ނުހުއްޓުވި ގިނަބަޔަކު މަގުތަކަށް ނިކުމެ މުޒަހަރާކޮށްފިއެވެ

މިއަދުގެ މުޒާހަރާގެ ބައިވެރިންވަނީ މާލޭގެ މަގުތަކުގައި އަޑު އުފުލައި ޝޫއޫރު ފާޅުކުރަމަމުންނެވެ. މާލޭގެ ދެސަރަހައްދެއްގައި މުޒާހަރާގެ ބައިވެރިން ހަރަކާތްތެރިވެފައިވާއިރު، ފުލުހުން ވަނީޕީޕީއެމް އޮފީސްކައިރީގައިތިބި މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް މަސައްކަތްކޮށްފައެވެ.

އިދިކޮޅުން ކުރިއަށްގެންދާ އިހުތިޖާޖު ކުރިއަށް ގެންދިއުމަށް ފުލުހުން ފުރަތަމަ ކޮޅު ހުރަސް އަޅާ، ޕީޕީއެމް އޮފީސް ކައިރިއަށް އެއްވާ މީހުން ފުލުހުން ދިޔައީ ދުރައްޖައްސާ ހައްޔަރުކުރަމުންނެވެ. ގިނަ ޢަދަދެއްގެ ފުލުހުން ނިކުމެ އެ އިހުތިޖާޖަށް ހުރަސް އަޅަމުންދިޔައިރު، މުޒާހަރާގެ ތެރެއިން ބައެއް މީހުންނަށް އަނިޔާވެފައިވެއެވެ. އޭގެ ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ހިމެނިވަޑައިގަންނަވައެވެ. ޝިޔާމަށް އަނިޔާވެފައިވަނީ ފުލުހުން އޭނާ ހައްޔަރުކުރަން އުޅުމުގެ ތެރޭގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ޝިޔާމަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އެގޮތުން ޝިޔާމް މަގުމަތީގައި ވެއްޓިފައި އޮތްއިރު، ފުލުހުން ތިބީ ޝިޔާމް ވަށާލާފައެވެ.

ފުލުހުން ވަނީ މިއަދު މުޒާހަރާގެ ބައިވެރިންނަށްވުރެ ކުރިން ބޮޑު ތަކުރުފާނު މަގު ޕީޕީއެމް ކައިރިއަށް އެއްވެ، އެސަރަހައްދަށް އެއްވި ބައެއް މީހުން ހައްޔަރުކޮއްފައެވެ. މިހާތަނަށް ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުރީގެ ޑިއާރުޕީގެ ލީޑަރު ކާނަލް ނަޝީދާއި، ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއާއި، ޕީއެންސީގެ ކައުންސިލް މެމްބަރު ނަރީޝް ހިމެނެއެވެ. އަދި އެނޫންވެސް ޕީޕީއެމް ޕީއެންސީގެ ބައެއް ސަޕޯޓަރުންވެސް ހިމެނެއެވެ.

އޭގެ އިތުރުން އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫންވެސް ހައްޔަރުކޮށްފައިވެއެވެ. އެ ދެ ބޭފުޅުން ހައްޔަރުކުރީ ސަޕޯޓަރުންނާއެކު މަގުމަތީ މުޒާހަރާ ކުރަނިކޮށެވެ. ހައްޔަރުކުރި މީހުންނާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް އަދި ނުބުނެއެވެ.

ފުލުހުން ބުނީ އިދިކޮޅު މުޒާހަރާގެ ތެރެއިން މިހާތަނަށް 28 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިއަދު ކުރިއަށް ގެންދާ މުޒާހަރާއަކީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އެއްވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށް ފުލުހުން ބުނެފައިވަނިކޮށް އެ އެންގުމާއި ހިލާފަށް ކުރަމުން ގެންދާ މުޒާހަރާ އެކެވެ. ފުލުހުން ވަނީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފުވެ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭ ގޮތަށް އަމަލުކުރާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

އަދި ހޯމް މިނިސްޓްރީންވެސް ވަނީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އަދި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ ގާނޫނާއި ހިލާފަށް އެއްވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ސަރުކާރުން ނުދޭނެ ކަމަށް ބުނެފައެވެ.

1 ކޮމެންޓް
Manje
ފެބުރުއަރީ 26, 2021
Varugadha kameh. Mibali fathuna kura kameh