English Edition
Dhivehi Edition

ދުބާއީގެ ރެސްޓޯރަންޓަކުން 23 ކެރެޓް ރަން ހިމެނޭ ރޯޔަލް ގޯލްޑް ބިރިޔާނީއެއް ތަޢާރަފް ކޮށްފިއެވެ. 4000 ދިވެހި ރުފިޔާއަށް ލިބޭ މިބިރިޔާނީގައި އެކި ރަހަތަކުގެ 3 ކިލޯއަށްވާ ވަރަށް ބަތާއި ގްރިލް ކޮށްފައިވާ އެކި ބާވަތްތަކުގެ އެއްގަމު މަހާއި ކަވާބާއި ތަރުކާރީގެ ބައެއް ބާވަތްތަކުގެ އިތުރުން ނަންހުސްކޮށް ސޯސް ހިމަނާފައިވެއެވެ.

ރަން ޕްލޭޓްގެ ބޮޑު ތައްޓެއްގައި ސާވް ކުރާ މި ކެއުން ވެފައިވަނީ އިންޑިއާގެ ގިނަ ރަހަތަކެއް ގައުމުން ބޭރުގައި ތިބެ އަޖުމަ ބަލާލަން ލިބޭ ފުރުސަތަކަށެވެ.

ދުބާއީގެ ވިޔަފާރި މަރުކަޒު ތަކާއި ވެސް ގާތުން ހުޅުވައި ބޮންބޭ ބޯރޯ ގެ ނަން ދީފައިވާ މި ރެސްޓޯރެންޓުގައި އިންޑިޔާގެ ގިނަ ޑިޝް ތަކެއް ތައްޔާރުކުރެވެއެވެ. 2021 ގެ ފެށުމާއެކު ހުޅުވި މި ރެސްޓޯރެންޓުން އަލަށް ތަޢާރަފް ކުރި ރޯޔަލް ގޯލްޑް ބިރިޔާނީއާއެކު މިވަނީ އެތަން ވައިގައި ހިފާފައެވެ. ދުބާއީއަށް ޒިޔާރަތް ކުރާ ގިނަ މީހުންގެ މަންޒިލަކަށް މިހާރު މި ރެސްޓޯރެންޓް ވެފައިވެއެވެ.