English Edition
Dhivehi Edition

އެތައް ބަޔަކަށް ލަނޑުދިން ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ)ލަންކާގައި ހުއްޓާ ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް އަދި ފައިސާ ވެސް އަނބުރާ ނުދިން މައްސަލާގައި އޭނާ ލަންކާއިން ހައްޔަރުކޮށްފިއެވެ.

އައްމަޓީ ހައްޔަރުކުރިކަން ރަސްމީ އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާގެ މައުލޫމާތު އެނގޭ މީހަކު ކަށަވަރުކޮށްދިންގޮތުގައި އައްމަޓީ ވަނީ ރޭގެ ވަގުތެއްގައި ލަންކާއިން ހައްޔަރުކޮށްފައެވެ.

2019 ވަނައަހަރު އިންޓަޕޯލް އިން ވަނީ އޭނާ ހައްޔަރުކުރަން ރެޑްނޯޓިސްއެއް ނެރެފައެވެ. އޭނާ އަށް ކުރަނީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އިތުރުން ފައިސާ ނެގުމަށް ފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތެވެ.

މިމައްސަލައިގައި ގެއްލުން ލިބުނު 203 މީހަކަށް މީހަކަށް ސަރުކާރުން ވަނީ 45 މިލިއަނުގެ ބަދަލެއް ކަނޑައަޅާފައެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި މައްސަލަ ނިންމައިފަ އެވެ.