English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް ސީ ލައިފުން 15،000 ޑޮލަރު ޖަމާކޮށްފައި މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ތަހުޤީގުކުރަން ފަށައިފިއެވެ.

އޭސީސީން ވިދާޅުވީ ފްލެޓް އެޅުމަށް ކަމަށް ބުނެ 2014 ވަނަ އަހަރު ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ ސީލައިފުން ރައީސް ޔާމީންގެ އެކައުންޓަށް އެ އަހަރުގެ މާޗުމަހުގެ ތެރޭގައި 15،000 ޑޮލަރު ޖަމާކޮށްދީފައިވާ މައްސަލަ އެ ކޮމިޝަނުން ތަހުޤީޤުކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް މި މިއްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް އޭސީސީން ދެއްވާފައެއް ނުވެއެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ސީލައިފްއާ ހަވާލުކުރީ މީގެހަތަރު އަހަރު ކުރިންނެވެ.އެޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 300 އެޕާޓްމަންޓް ގަންނަން 280 މީހުން ބުކިން ފީ ދައްކާފައިރު އެކުންފުނިންވަނީ ކޮންމެ މީހެއްގެ އަތުން 50،000 ރުފިޔާ ނަގާފައިވެ އެވެ.އެހެންނަމަވެސް އެ ކުންފުނިން އިމާރާތްކުރަން ބުނި ފްލެޓްތައް އިމާރާތްކޮށްފައި ނުވާތީ އެކަމުން ގިނަ ބަޔަކަށް ބޮޑެތި ގެެއްލުންތައްވެފައިވާއިރު ފަލެޓް ގަތުމަށް ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ހިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ ދުއިސައްތަ ވުރެ ގިނަ މީހުންވަނީ އެ ކުންފުންޏާއި ދެކޮޅަށް ސިވިލްކޯޓްގައި ދައުވާކޮށްފައެވެ.