English Edition
Dhivehi Edition

ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ބޮޑުދައިތާފުޅު މިއަދު އަވަހާރަވެއްޖެއެވެ. ޢަބްދުﷲ ޝާހިދުގެ އަމިއްލަ ޓުވިޓާގައި ވިދާޅުވީ ބޮޑުދައިތަ ހައްވާ ޖަމީލް މ. ދަރަވަންދޫގެ އުތުރުގެ ، ދާދިދެންމެއަކު އަވަހާރަވެއްޖެކަމަށާއި މަރްޙޫމާގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި نعمه ދެއްވުން އެދި الله سبحانه وتعالىގެ މަތިވެރި حضرة ގައި دعاء ދަންނަވާކަމަށެވެ. އެމަނިކްފާނުގެ އިތުރު ޓުވީޓެއްގައި ބޮޑުދައިތާފުޅުގެ ލޯތްބާއި އަޅާލުމުގެ ހަނދާންތައް އަބަދުވެސް ދެމި ހުންނާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

މަރްހޫމާ ޙައްވާ ޖަމީލަކީ ރާއްޖޭގެ އުސްތާޛުލް ޖީލު މުޙައްމަދު ޖަމީލުދީދީ ގެ ކޮއްކޯފުޅެވެ.

މާތް ﷲ މި މަރްހޫމާ ގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި نعمه ދެއްވުން އެދި ދުޢާ ދަންނަވަމެވެ. އަދި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ.