English Edition
Dhivehi Edition
އެސްޓިއޯގެ ތެޔޮ އުފުލާ ބާޖެއް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ވަނީ މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 48 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 37 ލާރި ބޮޑުކޮށްފައެވެ. އެގޮތުން މިހާރު ޑީސަލް ލިޓަރެއް ވިއްކާނީ 9.19ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 8.44 ރ. އަށެވެ.

މިބަދަލު އައުމުގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 8.07 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގަކީ 8.71 ރުފިޔާ އެވެ.އެސްޓީއޯއިން ބުނީ އެކުންފުނިން ވިއްކާ ޑީސެލާއި ޕެޓްރޯލްގެ އަގުބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ހުއްޓުމެއްނެތި އުފުލެމުން ދިއުމާއި ގުޅިގެން ކަމުގައެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލެއް ގެނެސްފައިވަނީ މިދިޔަ އަހަރުގެ މާޗު 21 ވަނަ ދުވަހުގަ އެވެ. އެފަހަރު އެސްޓީއޯއިން ވަނީ އެކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގުތައް އޭގެ ކުރިން ހުރި ވަރަށްވުރެ ކުޑަކޮށްފަ އެވެ.