English Edition
Dhivehi Edition
ފޮޓޯ: އޭއޯ ނިއުސް

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު ހެޔޮ ކޮށްފިއެވެ.

ގާތްގަޑަކަށް 8 މަސް ފަހުން، ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ހެޔޮކުރި ސަބަަބެއް ކަމަށް އެސްޓީއޯ އިން ބުނީ މިހާރު ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވެފައިވާތީއެވެ.

އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ފިއުލް ސަޕްލައި މޯލްޑިވްސްގެ ސްޓޭޝަންތަކުން ޑީސަލް ލީޓަރެއް 15.70 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އަދި ޕެޓްރޯލް ލީޓަރެއް 15.14 ރުފިޔާއަށް ލިބޭނެ ކަމަށެވެ.

ޑީސެލް ލީތަރެއް ކުރިންވިއްކީ 16.32 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ކުރިންވިއްކީ 15.97 ރުފިޔާއަށެވެ. އެހެންކަމުން ޑީސަލް ލީޓަރަކުން 62 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 83 ލާރި ވަނީ ހެޔޮ ކޮށްފައެވެ.

ރަޝިއާ އާއި ޔޫކްރައިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ބާރު ބޮޑުވުމުގެ ސަބަބުން އެސްޓީއޯއިން ގާތްގާތުގައި 3 ފަހަރަށް ތެލުގެ އަގު ވަނީ ބޮޑު ކޮށްފައެވެ.