English Edition
Dhivehi Edition

އަތޮޅު ތެރޭގައި ތިބި އެސްޓީއޯގެ ކޮންސްޓްރަކްޝަން އެޖެންޓުންނަށް ހާއްސަ ޕެއިންޓެއް އެސްޓީއޯއިން މިއަދު ތައާރަފު ކޮށްފިއެވެ.

“ނިޕޯން މެޓެކްސް” ރޭންޖުގެ މިޕެއިންޓް ތައާރަފްކޮށްދެއްވީ އެސްޓީއޯ ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުހައްމަދު ރަޝާދް އާއި ނިޕޮން ޕެއިންޓް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓްސްގެ ސީނިއަރ މެނޭޖަރ ހެންރީ އެންގް އެވެ.

ހެޔޮ އަގެއްގައި ލިބުމުގެ އިތުރުން، ނިޕޯންގެ މިޕެއިންޓް އެހެން ޕްރޮޑަކްޓްތަކާއި ތަފާތުވާ އެއް ސަބަބަކީ މިޕެއިންޓް ލިބެންހުންނާނީ 7 ލީޓަރު އަދި 20 ލީޓަރު ޕެކިންގް ގައެވެ. އަދި އެހެން ނިޕޮން ޕެއިންޓް ކުލަތައް ފަދައިން މި ޕެއިންޓަކީ މިކްސް ކުރަންނުޖެހޭ، ވަގުތުން ބޭނުންކޮށްލެވޭނެ ޕެއިންޓެކެވެ. މިހެންކަމުން ކުލަލުމަށް ފަސޭހަވެ ، މަސައްކަތައް ހޭދަވާ ވަގުތު ކުޑަކޮށްދެއެވެ.

ނިޕޮން ޕެއިންޓް މެޓެކްސްގެ ޕެއިންޓްތަކަކީ ސިމެންޓީ، ކޮންކްރީޓް ، ސީލިންގ ، ޕްލަސްޓަރ ވޯލް ފަދަ ތަންތަކުނައި ފަސޭހައިން ލެވޭ މެޓް ފިނިޝްއެއް ހުންނަ ޕެއިންޓްއެކެވެ. އޭގެ އިތުރުން މެޓެކްސްއަކީ ވޯޓަރ-ބޭސްޑް، އެއްވެސް ލީޑް އަދި މަރކިއުރީ އެއް ނުލާ އުފައްދަފައިވާ ޕެއިންޓްއެކެވެ.

މެޓެކްސް ކުލަތަކުގެ ގޮތުގައި އެސްޓީއޯއިން މިފަހަރު ތައާރަފްކުރަނީ “ޝޭޑްސް އޮފް ވައިޓް” ގެ ކުލަތަކެކެވެ.

1955 ވަނަ އަހަރު އުފައްދާފައިވާ ނިޕޮން ޕެއިންޓް ކުންފުންޏަކީ އެކި ބޭނުންތަކަށް، އެކި ކޮލިޓީގެ ކުލަތައް ދުނިޔޭގެ ބާޒާރަށް ތައާރަފްކޮށްފައިވާ ކުންފުންޏެކެވެ. ދުނިޔޭގައި ފެންވަރުގައި ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ތައާރަފްކުރުމުގައި އެންމެ އިސްކަންދީފައިވަނީ ކޮންމެ ބޭނުމަކަށްވެސް ކޮލިޓީ ކުލަތައް ފޯރުކޮށްދިނުމާއި ތިމާވެއްޓާއި ރައްޓެހި އުފެއްދުންތަކެއް ފޯރުކޮށްދިނުމަށެވެ.