English Edition
Dhivehi Edition
ފުވައްމުލައް ސިޓީ - ފޮޓޯ: އޮލިގެ ސްޓޯރ

ކޮވިޑް-19 އަށް ފުވައްމުލަކުން އިތުރު މީހަކު ފައްސިވެފައިވާ ކަމަށް ފުވައްމުލަކުގެ ހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

އެ ސެންޓަރުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި އިއްޔެގެ 18:00 އިން މިރޭގެ 21:00 އަށް އެ ސިޓީ އިން ފައްސިވެފައިވާ މީހާއަކީ މިހާރު އެރަށުގައި ފައްސިވެފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގް އިން ފާހަގަކުރެވިފައިވާ މީހެއް ކަމަށެވެ.

ފުވައްމުލައް ސިޓީގައި މިއަދު ކޮވިޑް-19 އަށް ޖުމްލަ 73 ސާމްޕަލް ނަގައިފައިވާއިރު އެރަށުން މިހާތަނަށްވަނީ ޖުމްލަ 4287 ސާމްޕަލް ނަގައިފައެވެ.

ފުވައްމުލަކުގައި ކޮވިޑް-19 ޖެހިގެން 5 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އެ ސިޓީގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރުވެސް 27 މީހަކު އެބަތިއްބެވެ. އެ ރަށުގައި ފައްސިވެފައިވާ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ވަނީ 760 މީހަކު ފާހަގަކުރެވިފައެވެ.