English Edition
Dhivehi Edition
އައްޑޫގެ އާ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ހައުސިން މިނިސްޓަރު މުއިއްޒު މިއަދު ބައްލަވަނީ.--- ފޮޓޯ: ހައުސިން މިނިސްޓްރީ

އައްޑޫ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ގާއިމު ކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ގެ މަސައްކަތް ނިމި އަންނަ އަހަރުގެ މެއި މަހުގެގައި ހޮސްޕިޓަލުގެ ޚިދުމަތް ދޭން ފެށޭވަރުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް މިއަދު އައްޑޫއަށް ކުރެއްވެވި ޒިޔާރަތުގައި މިނިސްޓަރ މުއިއްޒުވަނީ ހޮސްޕިޓަލްގެ މަސައްކަތް ބައްލަވާލައްވަވާފެއެވެ.

އައްޑޫގެ އާ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ހައުސިން މިނިސްޓަރު މުއިއްޒު މިއަދު ބައްލަވަނީ.— ފޮޓޯ: ހައުސިން މިނިސްޓްރީ

ހޮސްޕިޓަލުގެ މަސައްކަތް ހިންގާ ސަރަހައްދުގައި ހުންނަވައިގެން މީޑިއާއަށް މައުލޫމާތު ދެއްވަވަމުން މުއިއްޒު ވިދާޅުވީ މުއިއްޒު ވިދާޅުވީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް އީސީސީ ބަދަލުކޮށް ޚިދުމަތް ދޭން ފަށާއިރު، އެތަނުން މަތީ ފެންވަރުގެ ގިނަ ކަންކަން ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ޚާއްސަ ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިނާ ލޯނުގެ އެހީގައި ، އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ކުރިއަށް ގެންދާ މި މަޝްރޫއަކީ 161.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.