English Edition
Dhivehi Edition

ލޭންޑިންގ ކްރާފްޓެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ހަރަކަތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރީތި ބީޗް ރިސޯޓުގެ އިރުދެކުނުން އޮތް ފަރަކަށް، ފަސް މީހުންނާއެކު ދަތުރުކުރި “ސީ ޕްރޯ ލޭންޑިންގ ކްރާފްޓް” އުރި، ދިޔަވަމުންދާކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ ރޭ ދަންވަރު 02:59 ހާއިރު ކަމަށެވެ. މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ނުލިބެއެވެ.