English Edition
Dhivehi Edition
ބޭރުމީހަކާއެކު ކަނޑުމަތިން އޮޔާ ދިޔަ ޑިންގީ

މަރުވެފައި އޮއްވާ ވ. އަތޮޅުގެ ފަޅުރަށަކުން މިއަދު ފެނުނު މީހާއަކީ މިއަދު ހަވީރު ކަނޑުމަތިން ސަލާމަތް ކުރި މީހާއާއި އެކު ދަތުރުކުރި މީހެއް ކަމަށް ބެލެވޭ ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވ. ފޮށްތެޔޮ ބޮޑުފުށިން ފެނުނު މަރުވެފައި އޮތް މީހާއަކީ، ވ.އަންބަރާ ބޭރުން އޮޔާދިޔަ ޑިންގީއާ ގުޅުންހުރި މީހެއްކަން އެގިފައިވާކަމަށެވެ. މިކަމާއި ގުޅޭ ގޮތުން އަދި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު މި މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ޑިންގީ ފެނިފައިވަނީ މިއަދު ހަވީރު 5.12 އެހާކަށްހާއިރު ވ. އަންބަރާ ކައިރިން ދަތުރު ކުރަމުން ދިޔަ މޯލްޑިވިއާނާ ނަމަކަށް ކިޔާ ސަފާރީއަކަށް ކަމަށެވެ. އެމްއެންޑީއެފް މާލޭ އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަން އިން ވަނީ މިމީހާއާއި ޑިންގީ ސަލާމަތް ކޮށް ވ، ފެލިދޫއަށް ގެންގޮސްފައެވެ.

އޭނާގެ އަތުގައި ހުރި ޑޮކިއުމެންޓް ތަކުން އެއީ ލަންކާ މީހެއްކަން އެނގޭކަމަށް އެމްއެންޑީއެފުން ބުނެފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން ވ. ފޮއްތެޔޮ ބޮޑުފުށިން، މަރުވެފައި އޮތްވާ ފެނުނީވެސް ލަންކާ މީހެކެވެ. މި ފިރިހެން މީހާގެ ހަށިގަނޑު ފެނުނީ، މިއަދު ހެނދުނު އެ ރަށަށް ދަނޑި ކަނޑަން ގޮސް އުޅުނު ބަޔަކަށެވެ. އޭނާ އޮތީ ރަށުގެ ވަރަށް އެތެރޭގައި ކަމުން އެއީ ބެހިގެން އެ ރަށަށް ލެއްގި މީހެއްކަމަށް ނުބެލެވެއެވެ.