English Edition
Dhivehi Edition
ބޭރުމީހަކާއެކު ކަނޑުމަތިން އޮޔާ ދިޔަ ޑިންގީ

ކަނޑުމަތީގައި ހާލުގައި ޖެހިގެން އޮޔާދިޔަ ޑިންގީ އެއްގައި ހުރި ބިދޭސީއަކު ފުލުހުންނާއި ޙަވާލުކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ޑިންގީ ފެނިފައިވަނީ މިއަދު ހަވީރު 5.12 އެހާކަށްހާއިރު ވ. އަންބަރާ ކައިރިން ދަތުރު ކުރަމުން ދިޔަ މޯލްޑިވިއާނާ ނަމަކަށް ކިޔާ ސަފާރީއަކަށް ކަމަށެވެ. އެމްއެންޑީއެފް މާލޭ އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަން އިން ވަނީ މިމީހާއާއި ޑިންގީ ސަލާމަތް ކޮށް ވ، ފެލިދޫއަށް ގެންގޮސްފައެވެ. އޭނާގެ އަތުގައި ހުރި ޑޮކިއުމެންޓް ތަކުން އެއީ ލަންކާ މީހެއްކަން އެނގޭކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.