English Edition
Dhivehi Edition

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެ، އެކޮމިޝަންގެ 16 މުވައްޒަފަކު ކަރަންޓީނު ކޮށްފިއެވެ.

އީސީގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، އީސީގެ ބިއުރޯގައި މަސައްކަތް ކުރައްވާ އަންހެން ބޭކަނބަލެއްގެ ފިރިމީހާ ކޮވިޑް-19 އަށް ފައްސިވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން އެމުވައްޒަފުވެސް ފައްސިވެފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ. “ޑައިރެކްޓް ކޮންޓެކްޓްވި 16 ފަރާތް މިހާރު ވާނީ ހޯމް ކަރަންޓީނަށް ފޮނުވާލާފަ. އެމުވައްޒަފުންނަށް ދެން އޮފީހަށް އާދެވޭނީ ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު ކޮވިޑަށް ނައްސި ނަތީޖާއަކާއެކު” ޝަރީފު ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އިލެކްޝަން ކޮމިޝަނުން ތައްޔާރުވަމުން އަންނައިރު އެ ކޮމިޝަނުން ބުނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި 735 ވޯޓު ފޮށި ބަހައްޓަނެކަމަށެވެ. މީގެ އިތުރުން އީސީ އިން ވަނީ ވޯޓުލާ މަރުކަޒުތަކަށް މިފަހަރު 8،000 އޮފިޝަލުން ބޭނުންވާނެކަންވެސް ފާހަގަކޮށްފައެވެ.